chattelegramwhatsappviber google-plus twitter facebook

ރާއްޖެ

ހައްޖު ގުރޫޕްތައް ކަނޑައެޅި ގޮތް އޭސީސީއަށް

ހައްޖުވެރިންތަކެއް --

މި އަހަރު ހައްޖަށް މީހުން ގެންދިޔުމަށް ގުރޫޕްތައް ކަނޑައެޅި ގޮތުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ. މި އަހަރު އެ ހުއްދަ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށާއި އަމިއްލަ ފަސް ގުރޫޕަކަށެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިޔުމަށް ހުޅުވާލުމުން 16 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހެޅި އެވެ. އޭގެތެރެއިން ހަ ކުންފުންޏެއް ހޮވާފައިވަނީ މާކްސް ލިބުނު ތަރުތީބުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އޭސީސީއަށް ހުށަހެޅި މައްސަލާގައި ތުހުމަތު ކޮށްފައިވަނީ ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށެވެ.

އޭސީސީއަށް މިފަދަ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާއިރު، ހައްޖު ގުރޫޕްތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވި ކަމަށް އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބުނާ މީހަކު އަމިއްލައަށް އިއުތިރާފްވާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ.

އެ އޯޑިއޯގައި އެ އޮފިޝަލް ވަނީ އޭނާ ބޭނުންވާ ގޮތަށް ކަންތައްތައް ކުރާނެ ކަމަށާއި މާލީ ފައިދާ ވާނެ ގޮތްތައް ބަލާނެ ކަމަށް ބުނެފަ އެވެ. އޭގެ އިތުރުން އެހެން ގުރޫޕްތަކުގެ ހުއްދަ ބާތިލުކޮށް، ދެން ކުރިމަތި ލެވޭނީ ފަސް ލައްކަ ރުފިޔާގެ ބިޑު ގެރެންޓީއެއް ބަހައްޓާފައި ޕްރޮޕޯސަލް ގަނެގެން ކަމަށް ވެސް އޭގައި ބުނެ އެވެ. އަދި އަމިއްލައަށް ގުރޫޕްތަކެއް ހަދާފައިވާ ކަމަށް ވެސް ބުނެ އެވެ.

"ތިނެއް ނޫން، ހަތަރު ގުރޫޕް އަހަރެން ހަދައިފިން، ހަތަރު ގުރޫޕް އިންނާނެ މިހާރު ހަދާފަ، އަނެއްކާ އަނެއް ގުރޫޕް ހަދަނީ މިހާރު، މިރޭ މި ތައްޔާރު ކޮށްލަނީ އޭނާއަށް ހުރިހާ ކަމެއް، މަ މި ހަދައިދެނީ އޭނާއަށް އަނެއް ގުރޫޕް،" އޭނާ ބުނެ އެވެ.

މި އޯޑިއޯއާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަހުގެ ޚަބަރު