ލައިފްސްޓައިލް

ފެންވަރާ އިރު އެންމެ ރަނގަޅު ހިޔާލުތައް ލިބެނީ ކީއްވެ؟

May 20, 2017

ފާހަނައަކީ ހަމައެކަނި އެންމެ މޮޅު ލަވަ ކިޔުންތެިން އުފެއްދި ތަނޭ ބުނެފައި ފާހަނައަށް ކުރާ ތައުރީފް ނިންމާލެވޭކަށް ނެތެވެ. އެއީ އެންމެ މޮޅެތި ވިސްނުންތަކާއި އައިޑިއާތައް ލިބޭ ތަންވެސްމެ އެވެ. މި ކަމާއި ދެބަސްވާނެ މީހަކު ވަރަށް މަދުވާނެ އެވެ. އެއީ އާންމުކޮށް ކޮންމެ މީހަކުވެސް ދިރިއުޅުމުގައި ނިންމަން ޖެހޭ އެންމެ ބޮޑެތި ނިންމުންތައް ނިންމަނީވެސް ފާހަނައިގައި ފެން ވަރަން ހުރެގެން ކަމަށްވާތީ އެވެ.

އެންމެ މޮޅެތި ވިސްނުންތަކާއި ހިޔާލު އަންނަނީ ފެންވަރާ ގަޑީގަ އާއި، ކަސްރަތު ކުރާ ގަޑީގައި ކަމަށް ސައިންސްވެރިން ބުނެ އެވެ. ސަބަބެއް ކަމަށް ބުނަނީ އެއީ ސިކުނޑި ރަނގަޅަށް ރިލެކްސް ވެލާ ހަމަޖެހިލައިގެން ކަންކަމާއި މެދު ވިސްނާ ވަގުތަކަށް އެ ވަގުތު ވާތީ އެވެ. މުޅި ދުވަހު އުޅެގެން ހައްލު ނުކުރެވުނު ކިތަންމެ މައްސަލައެއް ހައްލު ކުރާނެ ފުރިހަމަ ގޮތްތައް ދުވަސް ނިންމާލާފައި ގެއަށް އައިސް ފެންވަރާ ގަޑީގައި ލިބެނީ އެހެންވެ ކަމަށެވެ.

ސިކުނޑި ރިލެކްސްވާން ފެށުމުން ރަނގަޅަށް ކަންކަމާއި ދޭތެރޭ ވިސްނާލެވޭތީ އެވެ. ކްރިއޭޓިވް ހިޔާލުތަކަށް ސިކުނޑި ހުޅުވާލެވޭ އެއް ވަގުތަށް އެވަގުތު ވެގެންދެ އެވެ.

ސައިންސްވެރިން ބުނަނީ ބައެއް މީހުންގެ ދިރިއުޅުމުގައި އެކަނިވެލަން ލިބޭ ހަމައެކަނި ހަމަ ވަގުތަކީ ފެންވަރާ ވަގުތަށް ވެފައި ހިން ހަމަޖެހިގެން ހުރެވޭ ވަގުތަކަށް އެވަގުތު ވުމަކީވެސް އެންމެ ރަނގަޅު ވިސްނުންތައް އެގަޑީގައި ލިބެން މެދުވެރިވާ ސަބަބެއް ކަމަށެވެ. އަދި ސިކުނޑީ ރިލެކްސް ވުމުން އަބަދުވެސް އުފާވެރި ހަނދާންތައް އާކޮށްދީ މީހާގެ އުފާވެރިކަން އިތުރުކޮށްދީ ކްރިއޭޓީވް އާ ހިޔާލުތައް ސިކުނޑީގައި އުފައްދައިދެ އެވެ.

މީގެ އިތުރުން އާންމުކޮށް ހަމަޖެހިލައިގެން މީހާ ފެންވަރާ ވަގުތަކީ އަރާމު ނިންޖަކަށްފަހު ހެނދުނު ވަގުތު އަދި ދުވަސް ނިންމާލުމަށްފަހު ރޭގަނޑު ކަމަށްވުމުން ސިކުނޑިވެސް ބޭކާރު ހިޔާލުތަކުން ދުރުކޮށް ހަމަޖެހިލަން ފަސޭހަ ވަގުތުތަކަކަށް އެވަގުތުތައް ވަތީ އެވެ. ދިރިއުޅުމުގެ މުހިންމު ނިންމުންތައް ފަސޭހަ ކަމާއެކު ނިންމެނީ އެހެންވެ އެވެ.

އަދި މާބޮޑަށް ސިކުނޑި ވަރުބަލިވުމުންވެސް ސިކުނޑިން އުފައްދާ އަލްފާ ވޭވްއެއްގެ ސަބަބުން ފެންވަރަން ހުންނަ އިރު އެންމެ ރަނގަޅު ވިސްނުން އައުމަށް އެހީވެދެ އެވެ.