ހަބަރު

އަޔާދީ ތަކާފުލްއިން ފިތުރު ޒަކާތް ބަލައިގަންނަނީ

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އިން އަންނަ އާދީއްތަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނަން ނިންމައިފި އެވެ.

އެލައިޑުން ބުނީ ފިތުރު ޒަކާތް ފައިސާއިން ދައްކާނަމަ އެ ފުރުސަތު އަޔާދީ ތަކާފުލް އިން ލިބޭނެ ކަމަށާއި އެގޮތުން އަންނަ އާދީއްތަ ދުވަހު ފެށިގެން އަންނަ މަހު 22 އާ ހަމަޔަށް އެ ކުންފުނީގެ ކައުންޓަރުތަކުން ފައިސާ ބަލައިގަންނާނެ ކަމަށެވެ. އަދި ފިތުރު ޒަކާތް ދިނުމަށް ހަމަޖެހިފައި ވަނީ އާދައިގެ ހަނޑުލުން ނަމަ 16ރ. އަށް އަދި ތައިލެންޑު ހަނޑުލުން ނަމަ 55 ރ. އަށެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 80 ރ. އެވެ.

އަޔާދީ ތަކާފުލް އިން ޒަކާތް ބަލައިގަންނަނީ ހެނދުނު 10:00 އިން ފެށިގެނެވެ.