ބޮލީވުޑް

ޝާހްރުކް ޑްވާފެއްގެ ރޯލު ކުޅޭ ފިލްމުގެ ޝޫޓިން ފަށައިފި

May 24, 2017

ޑައިރެކްޓަރު އަނަންދް އެލް ރާއީ، ޝާހްރުކް ޚާން ލީޑްރޯލުގައި ހިމަނައިގެން ފިލްމެއް އުފައްދަން ނިންމާފައިވާކަން އިއުލާންކުރިތާ ވަރަށް ދުވަސްވެއްޖެ އެވެ.

ޝާހްރުކްް ޑްވާފެއްގެ ރޯލުން ފެނިގެންދާ މި ފިލްމުގައި އޭނާ އާއެކު ފެނިގެންދާ ބަތަލާ އަދި ހަމަނުޖެހުނު ނަމަވެސް އިއްޔެ ޝާހްރުކް ވަނީ މުމްބައިގައި މި ފިލްމުގެ ޝޫޓިން ފަށާފަ އެވެ. ފިލްމުގެ ޝޫޓިން ފަށާފައިވާއިރު، ފިލްމުގައި އޭނާ ފެނިގެންދާނީ ޑަބަލް ރޯލަކުން ކަމަށްވެ އެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މި ފިލްމުގައި ޝާހްރުކާއެކު ފެނިގެންދާ އެއް ބަތަލާ އަކީ ކެޓްރީނާ ކައިިފް އެވެ. އަނެއް ބަތަލާގެ ރޯލު ދިޕިކާ ޕަދުކޯން ދުކޮށްލުމުން ޒުވާން ބަތަލާ އާލިއާ ބަޓަށް ހުށަހަޅާފައިވީ ނަމަވެސް ވަގުތު ދެވެން ނެތް ކަމަށް ބުނެ އޭނާ ވަނީ އެ ރޯލު ދޫކޮށްލާފަ އެވެ.

ކުރިން މީރަޓްގައި ޝޫޓްކުރަން ހަމަޖެހިފައި އޮތް މިފިލްމު ފިލްމު ސިޓީގައި ޝޫޓްކުރަން ނިންމާފައިވަނީ ޝާހްރުކް ކުޅެނީ ޑްވާފެއްގެ ރޯލަކަށް ވެފައި އާންމުންގެ ތެރޭގައި ޝޫޓިން ކުރިއަށް ގެންދަން އުނދަގޫވެދާނެތީ އެވެ.

މިދިޔަ މަހު ސެން ފްރެންސިސްކޯގައި އޮތް ފިލްމު ފެސްޓިވަލްގައި ބައިވެރިވެ ވާހަކަ ދައްކަމުން ޝާހްރުކް ވަނީ އެ ފިލްމަކީ ވަަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާ ލޯބީފެ ފިލްމެއް ކަަމަށް ބުނެފަ އެވެ. އަދި މިއީ އިންޑިއާގައި ޓެކްނޮލޮޖީގެ ގޮތުން އުފައްދާނެ އެންމެ މޮޅު ފިލްމަށް ވާނެ ކަމަށް ވެސް ވަނީ ޝާހްރުކް ވަނީ ބުނެފަ އެވެ.

މި މަހުގެ ތެރޭގައި މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުނަމުން ޝާހްރުކް ވަނީ އޭނާ އެ ފިލްމުގައި ޑްވާފެއްގެ ރޯލު ނުކުޅުނު ނަމަވެސް އެއީ ތަފާތު ލޯބީގެ ފިލްމަކަށް ވާނެ ފިލްމެއް ކަމަށެވެ.

އަދި ނަމެއް ދީފައިނުވާ މި ފިލްމުގެ ޝޫޓިން އިއްޔެ ފެށި ނަމަވެސް ދެވަނަ ބަތަލާ ހޯދުމުގެ މަސައްކަތް އަންނަނީ އަދިވެސް ކުރަމުންނެވެ.

އަނަންދް މީގެ ކުރިން ވަނީ ލޯބީގެ ދެ ފިލްމެއް ކަމަށްވާ "ރާންޖާނާ" އާއި "'ތަންނޫ ވެޑްސް މަންނޫ" އުފައްދާފަ އެވެ.