މަރު

ލަންކާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

May 24, 2017
1

އަވަށްޓެރި އަދި ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ ސްރީލަންކާގެ ގެއެއްގެ ތެރޭގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މަރުވެފައި އޮތް އެ އެމީހާ ފެނުނު އިރު މަރުވެފައި އޮންނަތާ ގިނަ އިރުތަކެއް ވެފައިވާ ކަމަށް ވެއެވެ.

ވެރިރަށް ކޮލަމްބޯގެ ކަލުބޯވިލާގެ ގެއެއްގައި މަރުވެފައިވަނީ 19 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ ފެނުނު އިރު ހަށިގަނޑު އޮތް ކޮޓަރީގެ ތެރެއިން ނުބައިވެސް ދުވާ ކަމަށް ވެއެވެ. މި މަރާ ގުޅިގެން ދިވެހި ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.