ހަބަރު

ޕީޕީއެމްގެ އެމްޕީން ނުގަނެވޭނެ، ޑީލެއް ވެސް ނުހެދޭނެ: އަދުރޭ

ސަރުކާރު ބައިބައިކޮށްލަން އިދިކޮޅުން ދައްކާ އެއްވެސް ވާހަކައަށް ނުހެއްލުމަށާއި އޭގެ ބަދަލުގައި އިދިކޮޅު ފަރާތްތަކަށް ފާރަވެރިވެ ތިބުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ޕީޕީއެމްގެ މެންބަރުންނަށް ގޮވާލައްވައިފި އެވެ.

ޕީޕީއެމާއި އެމްޑީއޭ އާއި ޑީއާރްޕީގެ ގުޅިގެން ކުރިޔަށް ގެންދާ ސިޔާސީ ހަރަކާތް ރޯދައަށް ނިންމާލުމުގެ ގޮތުން ރޭ ބޭއްވި އެއްވުމުގައ ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރަށުތެރޭގައި މިހާރު ބާރަށް ދެކެވޭ އެއް ވާހަކައަކީ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި މެންބަރު ރިޔާޒް ރަޝީދުގެ އިތުރުން އޭނާވެސް ހިމެނޭ ގޮތަށް ބައެއް މަޖިލިސް މެންބަރުން އެމްޑީޕީއަށް ބަދަލުވާ ނިންމާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ ފަސާދަ އުފައްދާ ބައިބައި ކުރަން ކަމަށާއި އޭނާ އާއި އެ މެންބަރުންގެ އަތުކުރީގެ ގަޑި އާއި އިނގިލީގެ އަނގޮޓި ވެސް އިދިކޮޅު ފަރާތްތަކަށް ގަނެ ނުލެވޭނެ ކަމަށެވެ.

"ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަޅުގަނޑުމެނަކާ ޑީލެއް ނުހެދޭނެ އަޅުގަނޑުމެން ތިބޭނީ ޕީޕީއެމާއި ރައީސް ޔާމީނާއެކުގައި،" އަބްދުއް ރަހީމް ވިދާޅުވި އެވެ. "އަޅުގަނޑުމެން އިދިކޮޅު ފަރާތްތަކާ ދޭތެރޭ ފިސާރި ރަނގަޅަށް ފާރަވެރިވާން ޖެހޭ. އެއީ މާދަމާގެ މިގައުމުގެ މުސްތަގުބަލު ހަލާކުކޮށް އިސލާމްދީން މި ގައުމުން ފުހެލަން މަސައްކަތް ކުރާ ބަޔަކަށް ވާތީ. ދިވެހި ގައުމިއްޔަތާއި މިނިވަންކަން ނަގާލަން މަސައްކަތް ކުރާ ބަޔަކަށް އެ މީހުން ވާތީ،އަޅުގަނޑު އިލްތިމާސަކުރަން އެ މީހުންގެ ވާހަކަތަކަށް ނުހެއްލުމަށް... ބައިބައިވުން އުފައްދަން ވަރަށް ގިނަ ވާހަކަ ދައްކާނެ އެކަމަކު އަޅުގަނޑުމެން ތިބެންވާނީ ސާބިތު ކަމާއެކު"

އަބްދުއް ރަހީމް ވިދާޅުވީ ފެކްޝަންތަކޭ ކިޔައިގެން ވާހަކަތައް ވެސް ދައްކާނެކަމަށާއި ޕީޕީއެމްގައި އެއްވެސް ފެކްޝަނެއް ނޯންނާނެ ކަމަށެވެ. ޕީޕީއެމްގައި އޮންނަނީ ރައީސް ޔާމީނަށާއި ޕީޕީއެމަށް ކާމިޔާބު ހޯދަން ގުޅިގެން މަސައްކަތް ޓީމެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވަން ... ނަމަ ނަމަ މިފަހަރު ޅަ އިހަލަކުންނާޅާތީ،"