ބޮލީވުޑް

ރަންވީރާއި ދިޕިކާ އެކުގައި ދިރިއުޅެނީ؟

May 27, 2017

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންވީރު ސިންގާއި ދިޕިކާ ޕަދުކޯން ލޯބީގެ ގުޅިގެން އުޅޭތާ އެތަކެއް އަހަރެއް ވެފައިވީ ނަމަވެސް މިދެތަރިން އަދިވެސް އުޅެނީ އެ ގުޅުން ސިއްރުކޮށްގެންނެވެ.

ނަމަވެސް ރަންވީރުގެ އަމަލުތައް ހުންނަ ގޮތުންނާއި ދިޕިކާއާ މެދު އޭނާ ބަހައްޓާ ގާތްކަމުގެ ސަބަބުން މިދެތަރިންގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަކަން އެނގެ އެވެ. ހާއްސަކޮށް ރަންވީރު

ދިޕިކާ މިއަހަރުގެ މާޗް މަހުގައި ފެނިގެންދިޔަ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް" ގެ ޝޫޓިން ފެށިފަހުން ރަންވީރާއި އޭނާގެ ގުޅުން ގޯސްވި ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. މިދެތަރިން ރުޅިވިކަމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް ދިޕިކާ އަލުން ބޮލީވުޑަށް އައުމުން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކުރިއެކޭ އެއްގޮތަށް އޮތްތަން ފެނިގެންދެ އެވެ.

މިދެތަރިން މިހާރު އެކުގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ގެ މަންޒަރުތައް ނަގަމުން އަންނައިރު، ދިޕިކާ އޭނާގެ ދިރިއުޅުން ރަންވީރުގެ ގެއަށް ބަދަލުކޮށްފައިވާ ކަމުގެ ވާހަކަ އަކީ ބޮލީވުޑްގެ މިހާރު އެންމެ ހޫނު ހަބަރެވެ.

ރަންވީރާއި ދިޕިކާ އެކުގައި ދިރިއުޅެން ފަށާފައިވަނީ މިފަހުން ކަމަށްވެ އެވެ.

މަޑުޖެހިފައި އޮތް "ޕަދްމާވަތީ" ގެ ޝޫޓިން މިފަހުން ފަށާފައިވަނީ ރަންވީރު ދިރިއުޅެމުން އަންނަ ގެ ކައިރީގައި ހުންނަ ސެޓެއްގަ އެވެ. މި ފިލްމުގެ ސެޓަށް ތަކުރާރުކޮށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ފިލްމުގެ ޝޫޓިން ކުރިއަށް ނުގެންދެވިފައި އޮތްއިރު، މިފަހުން ޝޫޓިން ބަންސާލީ ފަށާފައިވަނީ ދަހިސާރްގަ އެވެ.

މި ސެޓުގ ހުންނަނީ ރަންވީިރު ދިރިއުޅޭ ގޭގެ ކައިރީގައި ކަމުން، ފިލްމުގެ ޝޫޓިން އަށް އައުމަށް ކުރަންޖެހޭ ދިގު ދަތުރު ކުޑަކުރުމުގެ ގޮތުން ދިޕިކާ އެގެއަށް ބަދަލުވީ ކަމަށްވެ އެވެ.

ރަންވީރާއި ދިޕިކާގެ ލޯބީގެ ގުޅުން ނިންމާލި ކަމުގެ ވާހަކަތައް ދެކެވުނު ނަމަވެސް އެ ދެތަރިންގެ ދެމެދުގައި އޮތް ގުޅުން ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށްދާކަން މިވަނީ ހާމަވެފަ އެވެ.

މިފަހަކަށް އައިސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބޮލީވުޑްގެ ތަރިން އަންނަނީ އެކުގައި ދިރިއުޅެމުންނެވެ. އެގޮތުން ދިޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންވބީރު ކަޕޫރު އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާ ކައިފާ ގުޅިގެން އުޅުނުއިރު ވަނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު އެކުގައި އުޅެފަ އެވެ.

އަދި މަޝްހޫރު ދެތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާން ވެސް ކައިވެނިކުރުމުގެ ކުރިން ވަނީ އެކުގައި ދިރިއުޅެން ފަށާފަ އެވެ.