ބޮލީވުޑް

އަނިޔާއަށް ފަހު ރަންވީރު ޗުއްޓީ އަކަށް

May 28, 2017

ޒުވާން އެކްޓަރު ރަންވީރު ސިންގް އަށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" ގެ ޝޫޓިންގައި މިދިއަ ހުކުރު ދުވަހު
ވަނީ އަނިޔާވެފަ އެވެ.

ރަންވީރު ވެއްޓި ނިއްކުރިއަށް ލިބުނު އަނިޔާގައިވަނީ ނިއްކުރި ފަހާވެސްފަ އެވެ. އަނިޔާވި ނަމަވެސް ރަންވީރު ވަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު އަލުން އަނބުރާ ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސް، އެދުވަހު ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނަގައި ނިންމާފަ އެވެ.

ނަމަވެސް އެންމެފަހުގެ ހަބަރުތައް ބުނާގޮތުން ލިބުނު އަނިޔާއާ ގުޅިގެން ފިލްމުގެ ޝޫޓިންއިން ބްރޭކެއް ނެގުމަށްފަހު ރަންވީރު ވަނީ މިހާރު ޗުއްޓީ ހޭދަކުރުުމަށް ލަންޑަނަށް ގޮސްފަ އެވެ.

ކުޅިވަރަށް ލޯބިކުރާ ރަންވީރު އޭނާ ލަންޑަނުގައި ހޭދަކުރާ ޗުއްޓީ ދަތުރުގައި ޗެމްޕިއަންސް ލީގުގެ މެޗް ބަލަން ދިއުމުގެ އިތުރުން އިންޑިއާ ޕާކިސްތާން ޗެމްޕިއަންސް ޓްރޮޕީ މެޗް ވެސް ބަލާލަން ދާނެ އެވެ.

ރަންވީރުގެ ސްޕޯކްސްޕާސަން ވެސް ވަނީ އޭނާ ފިލްމުގެ ޝޫޓިން އިން ބްރޭކެއް ނަގާފައިވާ ކަމަށް ބުނެފަ އެވެ. އޭނާ ވަނީ ރަންވީރު އެނބުރި އިންޑިއާ އަށް އަންނަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ބުނެފަ އެވެ.

"ޕަދްމާވަތީ" ގެ ޝޫޓިންގެ ތެރޭގަިއ ރަންވީރަށް އަނިޔާ ލިބުނީ ކިހިނެއްކަން ހާމަކޮށްފައި ނުވި ނަމަވެސް ފިލްމުގެ ސެޓުގައި ހަރަކާތްތެރިވާ ފަރާތަކުން ވަނީ އަނިޔާވުމުން ރަންވީރަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ފިލްމުގެ ސެޓުގައި ކަމަށެވެ. ނަމަވެސް ނިތްކުރިން ލޭ އައުން މަނާ ނުވުމުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ކަނޑައިގެން ދިޔަތަން ފަހާފަ އެވެ.

ރަންވީރުގެ ނިތްކުރީގައި ބޭސް އަޅައިގެން ހޮސްޕިޓަލުން ނިކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ