ވިޔަފާރި

ސެންޓާރާއިން ޗައިނާގައި ފުރަތަމަ ރިސޯޓު ހިންގަން ފަށަނީ

ރާއްޖޭގައި ރިސޯޓު ހިންގަމުން ގެންދާ ތައިލެންޑުގެ ސެންޓާރާ ގްރޫޕުން ޗައިނާގައި ހުޅުވާ ފުރަތަމަ ރިސޯޓު 2017 ވަނަ އަހަރު ހުޅުވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޗައިނާގެ ބައެއް ވެބްސައިޓުތަކުގައިވާ ގޮތުން ޗައިނާގެ ޒައުޒިންގް ޕްރޮވިންސުގައި ހުޅުވާ "ސެންޓާރާ ރިސޯޓް ޒައުޒިންގް" ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަސް) ދުވަހުގެ ތެރޭގަ އެވެ.

މި ރިސޯޓު ތަރައްގީ ކޮށްފައިވަނީ ޗައިނާގެ ސައުޒިންގް ޒިހައޫ ޕްރޮޕަޓީސްގެ ފަރާތުންނެވެ.

ސެންޓާރާ ހޮޓެލް އެންޑް ރިސޯޓުގެ ސީއީއޯ ތިރިޔަތް ޗިރައްތިވަތު ވިދާޅުވީ ޗައިނާގައި ޓޫރިޒަމް ވިޔަފާރި ފުޅާ ކުރުމަކީ ސެންޓާރާ ގްރޫޕުގެ އެއް ލަނޑުދަނޑި ކަމަށެވެ.

"އޭޝިޔާއަށް ޓޫރިޒަމް ފުޅާކުރާއިރު ޗައިނާއަކީ ސެންޓާރާ ގްރޫޕަށް ވަރަށް މުހިންމު މާކެޓެއް،" ޗިރައްތިވަތު ވިދާޅުވި އެވެ.

ސެންޓާރާއިން ޗައިނާގައި ހިންގަން ފަށަނީ މެދު ފަންތީގެ ރިސޯޓެވެ. ހަތަރު ތަރީގެ މި ރިސޯޓުގައި 250 ކޮޓަރި ހުންނައިރު މި ރިސޯޓު ފަރުމާ ކުރަނީ "ފެމެލީ ރިސޯޓެއް" ގެ ގޮތުގަ އެވެ.

ސެންޓާރާ ގްރޫޕުން ރާއްޖޭގައި ދެ ރިސޯޓެއް ހިނަގްމުންދެ އެވެ. އެއީ ސެންޓާރާ މައްޗަފުއްޓާއި ރަސްފުއްޓެވެ.