ހަބަރު

ވިއްސާރާގައި ގެއްލުންވި އާއިލާތަކަށް މީރާއިން ފައިސާގެ އެހީ ދެނީ

May 28, 2017
1

އައްޑޫ ސިޓީގެ ހިތަދޫއަށް ދާދިފަހުން އެރި ނަގޫރޯޅީގައި ގެއްލުންވި އާއިލާތަކަށް އެހީއެއްގެ ގޮތުގައި މީރާގެ މުވައްޒަފުންގެ ފަރާތުން 60 ހާސް ރުފިޔާ ހަދިޔާކޮށްފިއެވެ.

މީރާގައި ވަޒީފާ އަދާކުރާ އައްޑޫ ސިޓީއަށް ނިސްބަތްވާ މުވައްޒަފުން އިސްނަގައިގެން މި ކަމަށް ހުޅުވި ހާއްސަ ފަންޑަށް އެ އޮތޯރިޓީގެ މުވައްޒަފުން ހަދިޔާކުރި މި ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ މި ހާދިސާގައި އެންމެބޮޑަށް ގެއްލުން ލިބުނުކަމަށް ހިތަދޫ އަވަށު އޮފީހުން ރިޕޯޓް ކޮށްފައިވާ 12 ގޭގެ އާއިލާތަކަށް ކަމަށް މީރާއިން ބުންޏެވެ.

އަދި އެ ފައިސާ ބަހާނީ މީރާގެ މުވައްޒަފުންގެ ފަރާތުން އެ އާއިލާތަކާ ބައްދަލުކޮށް، ކޮންމެ ގެއަކަށްވެސް ފަސް ހާސް ރުފިޔާގެ މަގުން ކަމަށެވެ.