ވިޔަފާރި

އޭސް ހާޑްވެއާގެ ފޮޓޯ މުބާރާތުގެ އިނާމް ދީފި

May 29, 2017

ރޯދަ މަހާ ދިމާކޮށް ދިމާކޮށް މިދިޔަ މަހުގެ 22 އިން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް އޭސް ހާޑްވެއާ އިން ކުރިއަށް ގެންދިޔަ "މޭކް އޯވާ ވިތް އޭސް ފޮޓޯ ކޮންޓެސްޓް" އިން އެއްވަނަ ހޯދި ބައިވެރިޔާ ނަވާޒް ޒާހިރަށް އިނާމު ހަވާލުކޮށްފި އެވެ.

އެއް ވަނަ އިނާމުގެ ގޮތުގައި ދީފައިވަނީ 'ހެމިލްޓަން ބީޗް' ބްރޭންޑްގެ ހާއްސަ ހަދިޔާ ޕެކޭޖެކެވެ. އެ ބްރޭންޑަކީ އެމެރިކާގެ އެއްވަނަ ކިޗަން އެޕްލަޔަންސް ބްރޭންޑެވެ. އެ ޕްކޭޖުގެ ތެރޭގައި އަވަނަކާއި މަލްޓިޕާޕަސް ބްލެންޑަރަކާއި ޕަނީނީ މޭކަރެއް އަދި ޓޯސްޓަރެއް ހިމެނެ އެވެ.

މޭކް އޯވާ ވިތް އޭސް ފޮޓޯ ކޮންޓެސްޓަކީ އޭސް ހާޑްވެއާއިން ގަންނަ އެއްޗެހި ބޭނުންކުރާ ނުވަތަ އެތަކެތި ބޭނުންކޮށްގެން މަރާމާތު ކުރާ ތަނުގެ ކުރީގެ ފޮޓޯ އަކާ، އަދި އެ އެއްޗެހި އެތާނގައި ބެހެއްޓުމަށްފަހު ނަގާ 'އާފްޓާ' ފޮޓޯ އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖްގައި ޕޯސްޓްކޮށްގެން ބައިވެރިވެވޭ މުބާރާތެކެވެ. މި މުބާރާތުގެ އެއްވަނަ ހޮވާފައިވަނީ އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯ އެވެ.

އޭސް ހާޑްވެއާ އިން މީގެ ކުރިންވެސް މިފަދަ ސޯޝަލް މީޑިއާ މުބާރާތްތައް ވަނީ ބާއްވާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ މުބާރާތްތައް ރާވަމުން އަންނަ ކަމަށް އޭސް ހާޑްވެއާ އިން މައުލޫމާތު ދެ އެވެ.