މެގަސްޓާ އަމީތާބް ބައްޗަން އަށް ސަޕޯޓްކުރާ އެތަކެއް ހާސް ފޭނުންނެއް ކޮންމެ އާދީއްތަ ދުވަހަކު އޭނާގެ ގޭގެ ކައިރިއަށް އެއްވެ އެވެ. އެ ހުރިހާ ފޭނުންނާ ބައްދަލުކޮށް އެމީހުންނާއެކު އަމީތާބް ހޭދަކުރާ ވަގުތު ސިފަކޮށް ގަވައިދުން ބްލޮގް ލިޔުމުގެ އިތުރުން ޓްވީޓްވެސް ކުރެ އެވެ.
އެހެން އާދީއްތަ ދުވަހާ ހިލާފަށް މި ހަފުތާގެ އާދީއްތަ ދުވަހު އަމީތާބު ފޭނުންނާ ބައްދަލު ކުރިއިރު އޭނާއާއެކު ފަސް އަހަރުގެ ކާފަ ދަރިފުޅު އާރަދްޔާ ވެސް ވަނީ ބައިވެރިވެފަ އެވެ.
މުމްބައިގައި ހުންނަ އަމީތާބްގެ ގެ ކައިރިއަށް އެއްވެސް ތިބި މީހުންނާ ބައްދަލުކުރަން އާދިއްތަ ދުވަހު ކާފަ ދަރިފުޅު އާރްދްޔާ ނިކުމެފައިވާކަން އަމީތާބް ހާމަކޮށްފައިވަނީ ކުރި ޓްވީޓެއްގަ އެވެ.
އެ އާއިލާގެ އެންމެ ތުއްތު އަދި އެންމެ ލަދުރަކި މެހެމާނު އާރަދްޔާ ވަނީ އާމިތާބާއެކު ފޭނުންނާ ބައްދަލުކުރަން ނިކުމެފައި ކަމަށެވެ. އަމީތާބް ބުނީ އެތަކެއް ސަތޭކަ މީހުންނާ އެއް ފަހަރާ ބައްދަލުކުރަން އާރަދްޔާ އެއްބަސްވި ނަމަވެސް ފަހުން ވަނީ އެހާ މީހުން ގިނަވުމުން ވަރަށް ބިރު ގަންނަ ކަމަށް ބުނި ކަމަށެވެ.
އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއީގެ ދަރިފުޅު އާރްދަޔާ ވަނީ މިމަހުގެ 17 އިން 21 އަށް ފްރާންސްގައި އޮތް ކާން ފިލްމް ފެސްޓިވަލަށް ގޮސް މަންމަ އައިޝްވާރިޔާ އާއެކު ރެޑްކާޕެޓުގައި ހިނގާލާފަ އެވެ. ކާން އަށް ދިއުމުގެ ކުރިން މުމްބައި އެއާޕޯޓުގައި އައިޝްވާރިޔާ އާއެކު އާރަދްޔާ ވަނީ ޕަޕަރާޒީންގެ ފޮޓޯތަކަށް ހުއްޓި ޕޯސްކޮށްފަ އެވެ. އެ ފޮޓޯތަކާ ގުޅިގެން އައިޝްވާރިޔާ ވަނީ އަބަދު ނޫސްވެރިންނާއި ފޮޓޯގްރާފަރުން ފެނި އެނާގެ ބިރު ކެނޑުނީ ކަމަށް ބުނެފަ އެވެ.