ހަބަރު

ފުލުހުންނަށް އިންޒާރުދިން އެކްޓިވިސްޓަކު ހައްޔަރުކޮށްފި

ފުލުހުންގެ މަސައްކަތައް ހުރަށް އަޅައި އިންޒާރުދޭން އުޅުން ކަަމުގެ ތުހުމަތުގައި ސިޔާސީ އެކްޓިިވިސްޓަކު ރޭ މާލެއިން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަރަކު ވިދާޅުވީ ފުލުހުން ރޭ ހިންގި އޮޕަރޭޝަނަކަށް ހުރަސް އަޅައި ބިރު ދައްކައި އިންޒާރުދޭން އުޅުން ކަމުގެ ތުހުމަތުގައި ސޯޝަލް މީޑިއާގެ އެކްޓިިވިސްޓެއް ކަމަށްވާ ރަހުމާ އައްބާސް (ރަހޫ ސްޓާ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރަހުމާގެ އިތުރުން ރޭ ހިންގި އޮޕަރޭޝަނުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމަށް ބުނެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ވެސް މިދިޔަ އަހަރު ހައްޔަރު ކޮށްފައި ވެއެވެ.