ވިޔަފާރި

ބޭނުން ކުރެވޭ ރިޒާވް މިދިޔަ މަހު ހަތަރު ޕަސެންޓް ދަަށަށް!

Jun 7, 2017

ބޭނުންކުރެވޭ ރިޒާވް މިިދިޔަ މަހު ހަތަރު ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ މަހުގެ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން އޭޕްރީލް މަސް ނިމުނުއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވުގައ ހުރީ 216.2 މިލިއަން ޑޮލަރެވެ. މިއީ އެޕްރީލް މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރި 224.7 މިލިއަން ޑޮލަރާ އަޅާބަލާއިރު ހަތަރު ޕަސެންޓުގެ ދަށްވުމެކެވެ. އަދި މުޅި އަހަރަށް ބަލާއިރު މި އަދަދު އުޅެނީ ނުވަ ޕަސެންޓް ދަށް އަދަދެކެވެ.

ޔޫޒަބަލް ރިޒާވްއަކީ ގްރޮސް އިންޓަނޭޝަނަލް ރިޒާވްސް (ރާއްޖޭގެ ރަސްމީ ރިޒާވް) އިން ކުރު މުއްދަތުގެ ބޭރުގެ ލައިބިލިޓީ އުނި ކުރުމުން ބާކީވާ އަދަދެވެ. ޔޫޒަބަލް ރިޒާވްސް އިން ދައްކައިދެނީ ބޭރު ފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭ އިން ބޭނުން ކުރުމަށް ހުންނަ ފައިސާގެ އަދަދެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މޭ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 494.6 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް އެޕްރީލް މަސް ނިމުނުއިރު ޖުމްލަ ރިޒާވްގެ ގޮތުގައި ހުރީ 501.2 މިލިއަން ޑޮލަރެވެ.