ލައިފްސްޓައިލް

އަބަދު ބިލު ދައްކަން ޖެހެންޏާ ލޯބިވެރިޔާ ފޫހިވާނެ

Jun 10, 2017
1

އެންމެ ފުރަތަމަ ދެ މީހުން ރައްޓެހިވާން ވެގެން ވާހަކަ ދެއްކިއިރު ވަރަށް ބޮޑު ޝައުގުވެރިކަން ދެ މީހުންގެ ފަރާތުންވެސް ފެނުނެވެ. އޭރު ވާހަކަ ދެއްކީ ފޯނުން ގުޅައިގެން އަދި މެސެޖުގެ ޒަރީއްޔާއިންނެވެ. ދެ މީހުން ދިމާވެ ބައްދަލުކުރަން ނިންމާފައި އޮތީ ދެމީހުންނަށްވެސް ދެ މީހުން ކަމުދާކަން ޔަގީންވެ އެއީ އެންމެ ފުރިހަމަ ބައިވެރިޔާކަން ޔަގީންވުމުންނެވެ. އެހެން ނަމަވެސް ދެ ދުވަހު ބައްދަލު ކުރުމަށް ފަހު ފިރިހެން ކުއްޖާ "ގެއްލުނީ" އެވެ. ފޯނަކުން ޖަވާބެއް ނުދެ އެވެ. މެސެޖަކަށްވެސް ޖަވާބެއް ނުދިނެވެ.

ވީ ގޮތެއް ނޭނގެން އަންހެން ކުއްޖާ ކިތަންމެ ވަރަކަށްވެސް ހާސްވެއްޖެ އެވެ. ބޭވަފާތެރި ބޯޑު އޭނާގެ ބޮލުގައި އަޅުވާފައި ރުޅިން ހުރީ އެވެ. ދުވަހެއްގައިވެސް އޭނަ އާ ވާހަކަ ނުދައްކަން ހުވާކޮށްގެންނެވެ. އެންމެ ފަހަރަކުވެސް އަމިއްލަ މައްސަލައެއް އޭގައި އޮތްތޯ ވިސްނާލިން ހެއްޔެވެ؟

ދެ މީހުން ފެނި ބައްދަލުކުރުމާ ހަމައަށް ހުރިހާ ކަމެއް ދިޔައީ ރަނގަޅަށެވެ. ހުރި ސިފަ ކަމުނުދިޔައިއްޔޭ ބުނެވޭނެ ޖާގައެއް ނެތެވެ. ކުރިންވެސް އެކަކު އަނެކަކަށް ފެނުނެވެ. ވާހަކަ ދައްކަން ފެށިފަހުން ބައްދަލު ނުކުރިއަސް ކުރިން ދިމާވި އެވެ. ކޮންެ ދުވަހަކު އެތައް ސެލްފީއެއްވެސް ފޮނުވާ ހެދި އެވެ. ވިސްނާށެވެ. ދެ މީހުން ބައްދަލުކޮށް ޑޭޓަށް ދިޔަ ދުވަހު އަމިއްލަ އަށް އަމަލުތައް ބެހެއްޓުނު ގޮތް ހަނދާން ކޮށްލަ ބަލާށެވެ. އޯޑަރު ކުރި ކާ އެއްޗެހި އައުމުން އެންމެ ބޮޑު ސަމާލުކަމެއް ދެވުނީ އޭގެ ފޮޓޯ ނަގާ އިންސްޓަގްރާމަށް ފޮޓޯ ލާށެވެ. އެއާ އެކު ރައްޓެހިން ދައްކަން ފެށި ވާހަކައިގައި ޖެހި އޭނަ އަށް ވުރެ ބޮޑަށް ސަމާލުކަން ދެވުނީ ފޯނަށެވެ. އޭނަ ދެއްކ ވާހަކަތަކަށް " އާނ، ހޫން" ލައްވާލާފައި ނިންމާލީ އެވެ.

ޑޭޓަށް ދިޔަ ދެ ދުވަހުވެސް ބިލު ދައްކަން ޖެހުނީ އޭނަ އަށެވެ. އެކަން މިހާރު ފާހަގަކުރެވިއްޖެ އެވެ. ބިލު ގެނެސްފައި އިރުކޮޅެއްވީ އިރުވެސް އެކަމާ ބެހޭގޮތުން އެއްޗެއް ނުބުނުމުން އޭނަ ބިލު ދެއްކި އެވެ. އެވަގުތު ހިންހަމަ ޖެހޭ ގޮތް ދައްކައިގެން ހުއްޓަސް އެކަން އޭނަ ފާހަގަކުރާނެ އެވެ. ޑޭޓަށް ދިޔައީ ދެ މީހުން ބޭނުންވެގެންނެވެ. އެހެން ވީމަ ބިލުވެސް ދައްކަން ވާނީ ދެ މީހުންނެވެ.

އެއަށްފަހު ދެން ސަމާލުކަން ދެވުނީ ތިބެވުނު ތަނަށެވެ. ފަހަރުގައި ހަތަރުކަޅި ހަމަކޮށް ބަލަހައްޓައިގެން އިންނަން އުނދަގޫ ވުމުންނެވެ. ފާޑެއްގެ ބިރުވެރިކަމެއްވެސް ހިތުގައި އުފެދި މާބޮޑަށް "ނާވަސް" ވީ އެވެ. އަވަހަށް ގެއަށްދާން ބޭނުންވި އެވެ. އެހެންވެ ވަށައިގެންވާ މާހައުލަށް މާބޮޑަށް ބެލެނީ އެވެ. އޭނައަށް ޝައުގުވެރިވެފައި އިންނަމަވެސް އެވަގުތު އޭނައަށް ކުރެވޭނީ ފޫހިވެފައި ހުރި ކަހަލަ އިހުސާސެކެވެ. އޭނަ އަމިއްލަ ނަފްސު ކުށްވެރި ކުރާނެ އެވެ.

މާގިނައިން ވާހަކަ ދެއްކުނު ކަމުގެ އިހުސާސެއް ކުރެވުނު ހެެއްޔެވެ؟ ހުރިހާ ވާހަކައެއް ދެއްކީ އަންހެން ކުއްޖާ އެވެ. ފިރިހެން ކުއްޖާއަށް މާ ގިނަ ވާހަކައެއް ދައްކާކަށް ފުރުސަތެއް ނުލިބުނެވެ. އަނެއްކާ ވާހަކަ ދެއްކީވެސް އަމިއްލަ ވާހަކަ އެވެ. އޭނަ އާ ބެހޭގޮތުން އޮޅުން ފިލުވަން މަސައްކަތެއް ނުކުރެ އެވެ. ބައެއް ފިރިހެނުން ބުނަނީ އެއީ އެމީހުން ވަރަށް ފޫހިވާ ސިފައެއް ކަމަށެވެ.

މިކަހަލަ ކުދި ކުދި ކަންތައްތައް ކުރެވުނެއް ނޫން ހެއްޔެވެ؟ ފަހަރުގައި އެއިން ކަމަކާމެދު ހިންހަމަ ނުޖެހި ފޫހިވީ ކަމަށްވެސް ވެދާނެ އެވެ. ކުރިއަށް ތަނުގައި ދާ ޑޭޓުތަކުގައި މި މިސްޓޭކްތައް ނަހަދައްޗެވެ. އޭނަވެސް ގެއްލިދާނެ އެވެ.