ހަބަރު

އެމްޓީސީސީ ގެ "ޖުންޖުލާ ޕްރޮމޯ" ފަށައިފި

"ޖުންޖުލާ ޕްރޮމޯ 2017" ގެ ނަމުގައި އެމްޓީސީސީ ކަށަވަރުން ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މިއަދުން ފެށިގެން ޖުލައި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ސުޒުކީ އިންޖީނުންނާއި ޔަންމާ އަޑީ ތެޔޮ އަދި ސްޕެއަ ޕާޓްސް ތަކުން ހާއްސަ ޑިސްކައުންޓްތަކެއްގައި ލިބިގެންދާނެ ކަމަށެވެ. އަދި ސުޒުކީ އައުޓްބޯޑް 150، 175، 200، 225 އަދި 250 ހޯސްޕަވާގެ އިންޖީނުތައް ވަރަށް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮމޯޝަންގައި 5000ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރި އަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ. އަދި މި ޕްރޮމޯޝަނުގައި ހޮވޭ ނަސީބުވެރި ފަރާތަށް 100000ރ. އަގުހުރި ސުޒުކީ އައުޓްބޯޑް 25 ހޯސްޕަވާގެ އިންޖީނެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީ ކަށަވަރުން ވިއްކަމުންދާ ސްކޮޓް ބާޑާ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނަށް ހާއްސަ ކޮށްގެން ސްކޮޓް ބާޑާ ގަދަ ރެސިންގެ ނަމުގައި ވެސް ޕްރޮމޯޝަނެއް އެމްޓީސީސީން މިއަހަރު ވަނީ ކުރިޔަށް ގެންގޮސްފައެވެ.