ހަބަރު

ތެލުގެ ޑިއުޓީ ދެބައިކުޅަ އެއްބައި ކުޑަކުރަން ހުށަހަޅައިފި

Jun 11, 2017
21

ޕެޓްރޯލްއާ ޑީސެލް ތެލުން ނަގާ ޑިއުޓީން ފަސް ޕަސަންޓު ކުޑަ ކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ބަދަލު ގެނައުމަށް ސަރުކާރުން ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ. އެ ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ރާއްޖެ އެތެރެ ކުރާ ތެލުން ޑިއުޓީގެ ގޮތުގައި 10 ޕަސަންޓު ނަގަން ޖެހެ އެވެ.

ސަރުކާރު ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު މި އިސްލާހު ހުށަހެޅީ އާންމު ބޭނުންތަކާއި އަސާސީ ހިދުމަތްތަކަށް ހިނގާ ހަރަދު ކުޑަ ކުރުމަށާއި ތެލުގެ އަގު ހެޔޮކޮށް، ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއް ހަމަޖައްސާދިނުމަށް ކަމަށެވެ. އެގޮތުން ރާއްޖެ އެތެރެ ކުރާ ތެލުން ފަސް ޕަސަންޓު ކުޑަ ކުރުމަށް އެ އިސްލާހުގައި ވެއެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެންނަ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމާއި އިބްތިދާއީ ބަހުސް ކުރިޔަށް ގެންދިޔުމާ މެދު ގޮތެއް ނިންމުން މަޖިލީހުގައި މާދަމާގެ އެޖެންޑާގައި ވަނީ ތައާވަލު ކުރެވިފަ އެވެ.