ހަބަރު

ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރާ ބިލު ގެންގޮސްފި

Jun 13, 2017

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ގެންގޮސްފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާފައި ވޯޓަށް އެހުމުގެ މަރުހަލާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއުލާން ކުރެއްވީ އެ ބިލު ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށާއި އެހެން ކަމުގެ އެ ބިލްގެ ދައުރު މަޖިލީހުގައި ނިމުނީ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ހުށަހެޅުއްވި އެ ބިލް ގެންދިޔައިރު އެ ބިލާމެދު ހިޔާލުތަފާތުވުން އުފެދިފައިވެއެވެ.