ވިޔަފާރި

ސަޓާ އެވޯޑުގެ ހޮޓެލް ޕާޓްނަރަކަށް ޗަމްޕާ ސެންޓްރަލް

Jun 15, 2017
1

ދެކުނު އޭޝިޔާގެ ޓޫރިޒަމަށް ހާއްސަކޮގެން ބާއްވާ ސައުތު އޭޝިޔަން ޓްރެވަލް އެވޯޑު (ސަޓާ) ގެ ހޮޓެލް ޕާޓްނަރަށް ޗަމްޕާ ސެންޓްރަލް ހަމަޖައްސައިފި އެވެ.

ސަޓާ އެވޯޑު އިންތިޒާމުކުރާ، ހައިރައިޒްއިން ބުނީ ޗަމްޕާ ސެންޓްރަލް ހޮޓެލް ހަމަޖެހުމާއެކު މި އެވޯޑުގެ ޖަމިންގެ ބައި ކުރިއަށްދާނީ މި ހޮޓަލުގައި ކަމަށެވެ.

ތިރީސް ހަ ދާއިރާއަކުން ދޭ ސަޓާ އެވޯޑަށް ގިނަ ކުންފުނިތަކުން ނޮމިނޭޝަން ފޮނުވާފައިވާއިރު، މި އަހަރު އިންޑިޔާ އާއި ސްރީލަންކާ، ރާއްޖެ އަދި ބޫޓާންވެސް އެވޯޑަށް ވާދަކުރާނެ އެވެ. މި އަހަރުގެ އެވޯޑަށް ޖުމްލަ 266 ފަރާތެއް ނޮމިނޭޓް ކޮށްފައިވެ އެވެ.

މިއަހަރުގެ ސަޓާ އެވޯޑްސްގައި މައިގަނޑު ގޮތެއްގައި 10 ބަޔަކުން 34 މޭޖާ ކެޓަގަރީ ހިމެނެ އެވެ. މި އެވޯޑަކީ ބޭރުގެ ގިނަ ފަރާތްތަކުން އެންޑޯޒް ކޮށްފައިވާ އެވޯޑެކެވެ.

ސަޓާ އެވޯޑު އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ސަޓާ އެވޯޑު ބޭއްވީ މައުޓް ލެވީނިޔާ ހޮޓެލްގަ އެވެ. ސަޓާ އެވޯޑަށް 273 ނޮމިނޭޓް ކޮށްފައިވެ އެވެ. މި އެވޯޑަށް 10 ދާއިރާއެއްގެ 39 ގިންތި އަކުން ދޭނެ އެވެ. މި އެވޯޑުގައި ހިމެނޭ "ވިޒިޓާސް ޗޮއިސް" ބައިގެ ނުވަ ގިންތީގެ ތެރެއިން އަށް ގިންތި އަށް ރާއްޖޭގެ ރިސޯޓުތައް ވާދަކުރެ އެވެ. އަދި "ސެލްފް ނޮމިނޭޓް" ބައިގައި ހިމެނޭ 30 ގިންތި އަށް ރާއްޖޭގެ 140 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ނޮމިނޭޓް ވެފައިވެ އެވެ.