ހަބަރު

އައިޖީއެމްޗުގައި ތިބި ބަލި މީހުނަށް މީރާގެ މުވައްޒަފުން ހަދިޔާ ދީފި

Jun 15, 2017
8

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކޮށް، ބަލި މީހުންނަށް ހަދިޔާދީ އެހީތެރިންނަށް ރޯދަވީއްލުމެއްދީފި އެވެ.

މީރާއިން ބުނ މިއީ އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ހިންގާ ތަފާތު އިޖުތިމާއީ ހަރަކާތުގެ ތެރެއިން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށާއި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މީރާގެ ހުރިހާ މުވައްޒަފުންނާއި އައިޖީއެމްއެޗްގެ ގިނަ މުވައްޒަފުން ބައިވެރިވި ކަމަށެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި އައިޖީއެމްއެޗްގެ ސީއީއޯ ފަރްހަތު ޝަހީރެވެ.

ކޮމިޝަނާ ޖެނެރަލް ވިދާޅުވީ މި ހަރަކާތް ހިންގީ މުޖްތަމައުގައި ނެތެމުންދާ ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ އާދަ އަލުން ދިރުވާ އާލާކުރަން ކަމަށާއި މީރާގެ މުވައްޒަފުންގެ ޖީބުން ހަރަދުކޮށްގެން މިފަދަ ހަރަކާތްތައް ހިންގުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވީ މީރާގެ މުވައްޒަފުން އެ ހޮސްޕިޓަލުގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކޮށް އެފަދަ ހަރަކާތެއް ހިންގުމުން އުފާ ކުރައްވާ ކަމަށެވެ.