ހަބަރު

އުލިގަމުން ގެއްލުންވި ގޭގެއަށް މުހައްމަދު އިސްމާއީލް ފައިސާގެ އެހީ ދެއްވައިފި

Jun 16, 2017
3

މިދިއަ ވިއްސާރާގައި ގެއްލުން ލިބުނު ހއ. އުލިގަމުގެ އާއިލާތަކަށް އެހީތެރިވެ ދެއްވުމުގެ ގޮތުން އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުން އެ އާއިލާތަކަށް ފައިސާގެ އެހީއެއް ވެދެއްވައިފި އެވެ.

ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވީ އުލިގަމުގެ 68 ގެއަކަށް އެ ވިއްސާރާގައި ބޮޑެތި ގެއްލުންތައްވެ، ދިރިއުޅުމުގެ ހާލަތަށް ބަދަލުތައް އައިސްވާ ވުމުން އެ ގޭގޭގެ އާއިލާތަކުގެ ހާލަތު އޭނާ ބައްލަވާފައިވާ ކަމަށާއި އަދި މިހާރު ތިބި ހާލަތުން އަރައިގަނެ އާންމު ހާލަތަކަށް އައުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ގެއްލުން ލިބުނު ކޮންމެ ގެއަކަށް ވެސް ފައިސާގެ އެހީއެއް ވެދެއްވާފައިވާ ކަމަށެވެ.

"އަޅުގަނޑު އެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ވާނީ މިހާރު ގެއްލުންތައް ބަލައި ހާލަތު ވެސް ވަޒަންކޮށްފައި. އެގޮތުން ފައިސާގެ އެހީއެއް މިވީ. އިރާދަ ކުރެއްވިއްޔާ އެ އާއިލާތަކަށް ވަރަށް އަވަހަށް އާންމު ހާލަތަކަށް އާދެވޭނެ،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

މިދިއަ ވިއްސާރާގައި އުލިގަމުގެ 68 ގެއަކަށް ގެއްލުންތައްވިއެވެ،