ހަބަރު

ސަން އައިލެންޑް ރިސޯޓުގައި ދިވެއްސަކު މަރުވެފައި އޮތްވާ ފެނިއްޖެ

ސަން އައިލެންޑް ރިސޯޓުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ފެނިފައިވަނީ އޭނާގެ ހަބަރެއް ނުވެގެން ގޮސް ބެލިއިރު އޭނާ އުޅޭ ކޮޓަރި ތެރެއިން ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ އުމުުރުން 34 އަހަރުގެ ހުސެން ޝަފާޒް އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 9:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ އަކީ އެ ރިސޯޓުގެ ޑައިވިން އިންސްޓްރަކްޓަރެކެވެ.

މަރުވިއިރު އޭނާގެ އަނތްބެއް ދުނިޔޭގައި އެބަހުއްޓެވެ.