ހަބަރު

ގޭސް ފުޅިިއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ ގެއެއްގައި މިއަދު ގޭސް ފުޅިއެއް ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ނުރައްކާތެރި މި ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ މ. ގުލްހަޒާރުވާދީގައި ހިނގި އެ ހާދިސާއާއެކު ސިފައިން ގޮސް އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެ ގެއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

މި އަހަރުގެ ކުރީކޮޅުވެސް މާލޭގައި ވަނީ އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގާފަ އެވެ. އެއިން އެއްވެސް ހާދިސާއެއްގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.