ހަބަރު

ސަގާފީ އީދު މިފަހަރު މާ ފޯރިގަދަކޮށް

Jun 20, 2017
1

މިދިޔަ އަހަރު ވެސް މާލޭގައި ބޭއްވި، ސަގާފީ އީދު އުފާ މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

ޒުވާނުންގެ މަރުކަޒުން މިއަދު ބުނީ ފިތުރު އީދުގެ ސަގާފީ އީދު ބޭއްވުމަށް ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެދިފައިވާ ކަމަށާއި އެގޮތުން މިއަހަރުގެ އީދު ކުޅިވަރުތައް އިތުރަށް ފޯރި ގަދަކޮށްލަން އީދު ކުޅިވަރުތަށް ރާވަން "ބިލީވް ޔޫ ކޭން – ޔޫތު އެމްޕަވަމެންޓް (ބީވައިސީ)" އާއި ވޮލަންޓިޔާކޮށް ބައިވެރިވާ ޒުވާނުން ނުކުންނާނެ ކަމަށެވެ.

ޒުވާނުންގެ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި ފިތުރު އީދު ދުވަހުގެ ހަވީރު 4:00 އިން ފިށިގެން އިރުއޮއްސި 6:00 އަށް ސަގާފީ އީދު ކުޅިވަރުތައް ދައްކާލުމުގެ ޕެރޭޑެއް މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދާނެ އެވެ. ޕެރޭޑް ފަށާނީ ޒުވާނުންގެ މަރުކަޒުންނެވެ. މި ޕެރޭގައި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއި، ސަގާފީ ނެށުމާއި، މާލި ހިނގާލުމާއި ސަގާފީ ކުޅިވަރުތަށް ހިމެނޭނެއެވެ.

މި ސަގާފީ އީދު އުފަލުގައު ބައިވެރިވާން ޝައުގުވެރިވާ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކަށާއި އަމިއްލަ ފަރުދުންނަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.