ކުޅިވަރު

ބޮޑު ބްރޭކްގެ ބޭނުން ޓީމުތަކަށް ހިފުނީ ކިހާވަރަކަށް

ބުރާސްފަތި ދުވަހު، އަލުން މާލޭ، ލީގްގެ ކުޅުން، ފަށާނެ އެވެ. އެއީ ގާތްގަނޑަކަށް 26 ދުވަހުގެ ބްރޭކަ ކަށް ފަހު އެވެ. ބްރޭކަށް ދިއުމުގެ ކުރިން، ބައެއް ޓީމުތަކުގެ ކޯޗުން ފާހަގަ ކޮށްފައި ވަނީ، ޓީމަށް ދިމާވެފައި ހުރި މައްސަލަތައް، ބްރޭކްތެރޭގައި ހައްލު ކުރަން ވަގުތު ލިބިގެންދާނެ ކަމަށެވެ. ސުވާލަކީ ބްރޭކްގެ ބޭނުން ޓީމުތަކަށް ހިފުނީ ކިހާވަރަކަށް ހެއްޔެވެ.

ގައުމީ ޓީމު ބޫޓާނާ ދެކޮޅަށް ކުޅެނު މެޗަށް ލީގްމެދު ކަނޑައިލުމުން، ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިން، ގައުމީ ޓީމުގައި މާލޭ އާއި އަރަބި އެމިރޭޓްސްގަ އާއި ތައިލެންޑްގެ ބެންކޮކޮކްގައި ވަނީ ފަރިތަ ކުރުން ގެންގޮސްފަ އެވެ. ފެބްރުއަރީ މަހު، ފުޓްބޯޅަ ސީޒަން ފެށުނު ފަހުން ވެސް، އެންމެ ބުރަ ޝެޑިއުލެއްގައި ކުލެމުން ދިޔައީ މާޒިޔާ އެވެ. ގައުމީ ޓީމު ޑިއުޓީއަށް މާޒިޔާގެ ނުވަ ކުޅުންތެރިޔަކު ދިޔައިރު، މާޒިޔާގެ ކޯޗް މަރުޔަން ސެކްލޮސްކީ އަށް، މުޅި ޓީމާއެކު ޕްރެކްޓިސް ކޮށްލެވުނީ ދެތިން ދުވަހު އެވެ.

"ފުރަތަމަ 11 ގައި ހިމެނޭ، 75 ޕަސަންޓް ކުޅުންތެރިން ގައުމީ ޓީމުގެ ޑިއުޓީއަށް ދިޔައީ، އެހެން ކުޅުންތެރިންނާއެކު މިމަހު ފަހެއްގައި، ޕްރެކްޓިސް ފަށައިގެން ކުރިއަށް ދިޔައީ އެންމެ ބޮޑަށް އިސްކަން ދީފައި ވާނީ އެ ކުޅުންތެރިންގެ ފިޓްނަސް ރަނގަޅު ކޮށް ފިޒިކަލީ ކުރިއެރުން ގެނައުމަށް." މާޒިޔާގެ ކޯޗް ސެކްލޮސްކީ އަވަސް އަށް ބުންޏެވެ.

އޭނާ ބުނީ، ގައުމީ ޓީމަށް، ދިޔަ ކުޅުންތެރިން އައުމުން، އެ ކުޅުންތެރިންނަށް އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް ދެތިން ދުވަހެއް ދިނުމަށް ފަހު މިހާރު ފަރިތަކުރުންތައް ކުރިއަށްދާ ކަމަށާއި މިހާރު ބޮޑަށް ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ޓީމްގެ ޕާފޮމަންސް އިތުރު ކުރުމަށް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ލީގް ފަށާނީ، މާޒިޔާ އާއި އީގަލްސްއިން އިނެވެ. އީގަލްސްގެ ކުޅުންތެރިންނަށް، ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ވާނީ، ޓީމަށް ގާތްގަނޑަކަށް ހަތް ދުވަހުގެ ޗުއްޓީއެއް ދީފަ އެވެ. މި ސީޒަންގައި، އީގަލްސްއަށް ބަދަލުވި، އެޓޭކިން މީޑްފީލްޑާ އަހްމަދު ނާޝިދު (ނާއްޓޭ) އަށް، އަނިޔާގެ ސަބަބުން، މިހާތަނަށް މި ސީޒަންގައި މާގިނަ މެޗުތަކެއް ކުޅެވިފައެއް ނުވެއެވެ. އީގަލްސްގެ

އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ، މެޗު ކުޅެވޭ ވަރަށް ނާއްޓޭ ފިޓްވެފައިވާ ކަމަށާއި މެޗުގެ ކޮންމެވެސް ހިސާބަކުން އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން، އީގަލްސް މުޅި ޓީމު އެކުގައި ދަނީ ޕްރެކްޓިސް ކުރަމުން ނެވެ.

ބްރޭކަށް ދިއުމުގެ ކުރިން، ބްރޭކްގައި ޓީމުގެ ފިޓްނަސް ރަނގަޅު ކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ވަނީ ބުނެފަ އެވެ. މިއަހަރު ބަންގުލަދޭޝްގައި ބޭއްވި ޝައިހް ކަމާލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޓީސީ ހޯދި ނަމަވެސް، ލީގްގައި އެ ޓީމަށް ބައެއް މައްސަލަތައް ކުރިމަތިވި އެވެ. މައްސަލަތައް އަރައިގަނެ، ޓީސީ ފޯމަކަށް އެޅުނީ، ލީގް މެދުކަނޑާލި ވަގުތު އެވެ.

"ވަރަށް ރަނގަޅަށް ޕްރެކްޓިސް ކުރިއަށް ގެންދެވުނީ، ރޯދަ މަހުވެސް ބައެއް ދުވަސް ދުވަހު ހަވީރު ވެސް ޕްރެކްޓިސް ކުރިއަށް ގެންދިޔައިން، އަދި މިހާރު ގަދަ ހަތަރެއްގެ ވާދަވެރިކަން ބޮޑުވެފައި ވުމުން، ވަރަށް ބޮޑަށް ފޯކަސް ކުރަން ޖެހޭ." ހަތަރު ވަނައިގައި މިވަގުތު އޮތް، ޓީސީގެ ކޯޗް ނިޒާމް ބުންޏެވެ.

ގަދަ ހަތަރެއްގެ ޖާގަ ލިބެން ނެތް ނަމަވެސް، ވެލެންސިއާ ވަނީ، ބަދަލުތަކާއެކު ޕްރެކްޓިސް ކުރިއަށް ގެންގޮސްފަ އެވެ. އެންމެ ބޮޑު ކުރިއެރުމަކީ، އެ ޓީމާ ދުގައި ހުރި، ޓެކްނިކަލް ޑައިރެކްޓާ އިސްމާއީލް އާސިފް (ކުޑަ ހީނާ) އަލުން ޓީމާ ގުޅި، އޭނާގެ ބެލުމުގެ ދަށުން އަލުން ފަރިތަކުރުންތައް ކުރިއަށްގެންދާން ފެށުމެވެ.

ކުޑަ ހީނާ ބުނީ، ގަދަ ހަތަރެއް ޔަގީން ވާން ނެތް ނަމަވެސް، ލީގްގެ ރަނގަޅު ހިސާބަކަށް ދިއުމަކީ އަމާޒެއް ކަމަށެވެ. އަދި ކޮލިފިކޭޝަން މުބާރަތަށް، އިތުރު ބިދޭސީ ކުޅުންތެރިޔަކު ގެނައުމުގެ ވިސްނުން ވެސް ވެލެންސިއާއިން ގެންގުޅެ އެވެ.