ބޮލީވުޑް

އިންޑިއާ ބަލިވުމުގެ ޒިންމާ އަނުޝްކާ ބޮލުގައި އެޅުވުމުން ދެރަވި: ވިރާތު

Apr 11, 2015

މިދިޔަ މަހު އޮސްޓްރޭލިޔާގައި ކުރިޔަށް ކްރިކެޓް ވޯލްޑްކަޕް ސެމީ ފައިނަލުގައި އޮސްޓްރޭލިއާ އަތުން އިންޑިއާ ބަލިވުމުން ގިނަ ބަޔަކު އިންޑިއާގެ ޓެސްޓް ކެޕްޓަން ވިރާތު ކޯލީ އާއި އޭނާގެ ލޯބިވެރިޔާ އަދި ފިލްމީ ތަރި އަނުޝްކާ ޝަރުމާއަށް ފާޑުކިއުމުން އެކަމާ ވަރަށް ދެރަވިކަމަށް ބުނެފި އެވެ.

އެންމެ ލަނޑަކުން ވިރާތު ބަލިވުމުން ވަރަށް ދެރަވިކަމަށާއި ޖެހިޖެހިގެން ހަތް މެޗުން މޮޅުވެގެން ސެމީއިން ކެޓުމަކީ ވަރަށް މާޔޫސްވިކަމައް ކަމަށްވެސް ވިރާތު ބުންޏެވެ.

ކުޅިބަލާ މީހުންގެ ތެރޭގައި އަނުޝްކާ އިނުމުގެ ސަބަބުން މެޗަށް ދޭންވާ ސަމާލުކަން ވިރާތުއަށް ނުދެވުނީ ކަމަށް ބުނެ ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި އަނުޝްކާއަށް ފާޑުކިޔާފަ އެވެ.

މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގްގެ ޕްރޮމޯޝަނަލް އިވެންޓެއްގައި މީޑިއާއި ވާހަކަ ދައްކަމުން ވިރާތު ބުނީ އިންޑިއާ ބަލިވުމުން އޭނާގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުންނާއި އަދި ހާއްސަކޮށް އަނުޝްކާ އާއި ބޭހޮތުން މީހުން ވާހަކަ ދެއްކިގޮތުން ވަރަށް ދެރަވިކަމަށާއި އަދި އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއްކަމަށް ވިރާތު ބުންޏެވެ.

"މީގެކުރިންވެސް މީޑިއާގައި މިވާހަކަ ބުނަން ބޭނުންވި. އަހަންނަކީވެސް އިންސާނެއްކަމުން ވަރަށް ދެރަވި" ވިރާތު ބުންޏެވެ.

މީގެއިތުރުން ވިރާތު އާއި މުޅި ޓީމުންވެސް މަސައްކަތްކުރީ މޮޅުވާން ކަމަށާއި ނަމަވެސް ޓީމް ބަލިވުމުގެ ޒިންމާ އޭނާގެ ލޯބިވެރިޔާގެ ބޮލުގައި އެޅުވުމަކީ އިންތިހާއަށް ދެރަވިކަމެއް ކަމަށް ވިރާތު ބުންޏެވެ.

"ބަލިވުމުންވެސް މީހުން މިގޮތަށް ދެކުން އެއީ ވަރަށް ލަދުވެތިކަމެއް" ވިރާތު އިތުރަށް ބުންޏެވެ.

އެހެންނަމަވެސް އަނުޝްކާ ބުނެފައިވަނީ ބަލިވާ ކޮންމެ ފަހަރެއްގެ ޒިންމާ އޭނާ ނަގަން ޖެހެންޏާ މޮޅުވާ ކޮންމެ މެޗެއްގެ ތައުރީފުވެސް އޭނާއަށް ހައްގުވާން ޖެހޭނެ ކަމަށެވެ.

ވޭތުވެދިޔަ ފަސްއަހަރު އިންޑިއާގެ ހުރިހާ މޮޅެއްގައި އޭނާގެ ހިއްސާ ބޮޑުވާނެކަމަށް ބުނަމުން ވިރާތު ބުނީ އޭނާއަށް ވުރެން ރަނގަޅަށް ކުޅުނު މީހަކު ޓީމުގައި ނުހުންނާނެ ކަމަށެވެ.

ކްރިކެޓް ވޯލްޑްކަޕުން ކެޓުމުން އެނބުރި މުމްބައި އަށް އައިއިރު އަނުޝްކާ އާއި ވިރާތު އަތުގުޅާލައިގެން އެއާޕޯޓުން ނިކުމެގެން ދިޔަތަން ވަނީ ވަރަށް ގިން މީހުންނަށް ފެނިފަ އެވެ. އަދި އެވަގުތު އެދެމީހުން ތިބީ ވަރަށް ދެރަވެފައިކަން މޫނުމަތިން ހާމަވާކަމަށް އިންޑިއާގެ ގިނަ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ބޮލީވުޑްގެ ގިނަ ތަރިން ވަނީ އަނުޝްކާގެ ދިފާއުގައި ޓުވީޓުކޮށް އޭނާއަށް ތައުރީފުކޮށް ވާހަކަދައްކާފަ އެވެ. އޭގެތެރޭގައި ޕްރިޔަންކާ ޗޯޕްރާ އާއި އަބީޝެކް ބައްޗަން އަދި ރިޝީ ކަޕޫރު ހިމެނެ އެވެ.