ގުޅީފަޅު - ފޭސް ދެއެއްގައި ވެއާ ހައުސް ބިލްޑިން އެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެމްޑަބްލިއުއެސްސީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 1000.00ރ އެވެ. އެ އިއުލާނުގައިވާ ގޮތުން ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން މިއަދުން ފެށިގެން އަންނަ މަހު ހަތަރެއްގެ ނިޔަލަށް އޮންނާނެ އެވެ. ފައިސާ ބަލައިގަތުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު ފަހު 01:00 / 03:00 އަށް ފެން ބިލްޑުންގުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ބީލަންފޮތް ދޫކުރުން އޮންނާނީ އަންނަ މަހުގެ ފަސް ވަނަދުވަހުގެ ރަސްމީ ގަޑީގައި ފެން ބިލްޑިންގުގައި ކުރިއަށް ގެންދާނެ އެވެ.
އެ މަސައްކަތާއި ބެހޭ ޕްރީބިޑް މީޓިން އަންނަ މަހުގެ 10 ވަނަ ދުވަހު 11:00 ގަ އޮންނާނެ ކަމަށް އެމްޑަބްލިއުއެސްސީގެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު 11:30 އެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު -/10،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަންނަން ހަމަޖެހިފައިވަނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާ އެވެ. ބިޑް އެވޯޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ 10 ޕަސަންޓު ބިޑް އެވޯޑްކުރާތާ 14 ދުވަސްތެރޭގައި ހުށައަޅަން ޖެހެ އެވެ.