ހަބަރު

ހަތްވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފްލެޓެއްގެ ހަތްވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި މަރުވެއްޖެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެކްސްޕާޓްސް މޯލްޑިވްސްއިން ހަދަމުންދާ އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިފައިވާ ކަމަށެވެ. އޭނާ ވެއްޓިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

އޭނާ މަރުވެފައިވަނީ މިރޭ 6:25 ގައި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ބިދޭސީއެކެވެ.

އޭނާ ވެއްޓުނު ގޮތް ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.