ހަބަރު

މާލޭ އިން ފިތުރު ޒަކާތުގެ ގޮތުގައި 4.3 މިލިއަން ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި މާލޭ ސަރަހައްދުން 4.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އިއްޔެއާ ހަމަޔަށް މާލޭ ސަރަހައްދުން 96،660 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ. އެގޮތުން މުޅިއަކު 4.4 މިލިއަން ރުފިޔާ ލިބިފައިވަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިތުރު ޒަކާތް ބަލައިގަތުން މާދަމާގެ ނިޔަލަށް ކުރިޔަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ގޮވާމުން ޒަކާތް ބަލައިގަތުން ކުރިއަށް ދާނީ އަލްމަދުރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގަ އެވެ. ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންޖެހޭނީ އެބަޔަކު އެ އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތުންނެވެ.

މާލެ ސަރަހައްދުން ފަގީރުންގެ ގޮތުގައި 3،180 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު އިސްލާމިކް މިނިސްޓްރީ އިން ނިންމާފައި ވަނީ، ބޮލަކަށް، 1،250 ރުފިޔާގެ މަގުން ޒަކާތް ބެހުމަށެވެ.