ބޮލީވުޑް

"މާގަރީޓާ ވިތް އަ ސްޓްރޯ" ބަލާފައި އާމިރް ޚާން ރޮއެފި

Apr 12, 2015

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދައްކާލުމަށްފަހު، "މާގަރީޓާ ވިތް އަ ސްޓްރޯ" އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ބޮލީވުޑްގެ ސުޕަސްޓާ އާމިރް ޚާންގެ އަންހެނުން އަދި ފިލްމް ޕްރޮޑިއުސަރ- ޑައިރެކްޓަރު ކިރަން ރާއޯ ވަނީ މިފިލްމު ބެލުމަށްފަހު އާމިރްކުރެން މިފިލްމް ކޮންމެހެންވެސް ބެލުމަށް އެދިފަ އެވެ.

މިހާރު ބޮލީވުޑްގެ ބައެއް މަޝްހޫރު ފަރާތްތަކަށް މިފިލްމުގެ ސްޕެޝަލް ސްކްރީނިންއެއް ދައްކާފައިވައިރު، އާމިރް ޚާން ވަނީ އޭނާގެ އަންހެނުން ކިރަންގެ އެދުމުގެ މަތިން މިފިލް ބަލާފަ އެވެ.

މުހިންމު ރޯލުން ބޮލީވުޑްގެ ބަތަލާ ކަލްކީ ކޯޗްލީން ފެނިގެންދާއިރު، އޭނާ ކުޅެނީ ސެރެބްރަލް ޕަލްސީ ކިޔާ އުފެދުމުގައި ހުންނަ ޖިސްމާނީ ބައްޔެއް ހުންނަ ކުއްޖެއްގެ ރޯލެވެ. މިފިލްމުގައި ދައްކުވައިދޭނީ މިބަލީގެ ސަބަބުން އާންމު ދިރިއުޅުމުގައި އޭނާ އުފުލަން ޖެހޭ ވޭންތަކާއި ތަކުލީފުތަކެވެ.

މީގެއިތުރުން ކަލްކީ ބުނީ ފިލްމު ބަލަމުން ދިޔަރު އޭނާ އާއި ޖެހިގެން ހުރި އާމިރް ވަނީ ކަލްކީ ކުރެން މިފިލްމް ވީހާވެސް ގިނަ ބަޔަކު ލައްވާ ބެލުމަށް އޭނާ އަށް ކޮށްދެވޭނީ ކޮންކަމެއް ކަންވެސް އަހާފަ އެވެ.

ކަލްކީ އިތުރަށް ބުނީ އާމިރްގެ ތައުރިފުން އޭނަ މިހުރީ ވަރަށް އުފަލުންކަމަށެވެ.

ވޭދުވެދިޔަ އަހަރު ބޭއްވުނު ގިނަ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްތަކުން މިފިލްމަށް ގިނަ އެވޯޑްތަކެއް ލިބިފައިވާއިރު، މިފިލްމް މާގިނަ ދުވަސްތަކެއް ނުވެ އިންޑިއާގެ އޯޑިއެންސަށް ފެންނާނެތީ އެކަމާ ވަަރަށް އުފާކުރާ ކަމަށްވެސް ކަލްކީ ބުންޏެވެ.

“އަހަރުމެން ބަޔަކަށް ހަދަނީ އޯޑިއެންސް. އެހެންކަމަމުން އިންޑިއާގެ އޯޑިއެންސްއަކީ އަހަންނަށް އެންމެ މުހިންމު ފަރާތް" އުމުރުން 31 އަހަރުގެ ބަތަލާ ބުންޏެވެ.

މިފިލްމުގެ ހާއްސަ ސްކްރީނިންއަށް ބޮލީވުޑްގެ މަޝްހޫރު ގިނަ ފަރާތްތަކުން ވަނީ ގޮސްފަ އެެވެ. އޭގެތެރޭގައި އަމީތާބް ބައްޗަން، ޖާޔާ ބައްޗަން، އަދި މިފިލްމުގެ ޑައިރެކްޓަރު ސޮނާލީ ބޯސްގެ އިތުރުން ފިލްމުގެ ކާސްޓުން ހިމެނެ އެވެ.

މިފިލްމު ބެލި ގިނަ ފަރާތްތަކްކުން ކަލްކީގެ އެކްޓިން އަށް ތައުރީފުކުރަމުން ދާއިރު، އެކްޓަރ ރިތިކ ރޯޝަން ވަނީ މިފިލްމުގެ ސްޕެޝަލް ސްކްރީނިން އެއް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ.