ވިޔަފާރި

އުރީދޫން އީދުގެ ހަދިޔާ ގޮތު ބޯނަސް ޑޭޓާ!

ފިތުރު އީދާ ގުޅިގެން އުރީދޫން އެ ކުންފުނީގެ ކަސްޓަމަރުންނަށް 25 ޕަސަންޓު ބޯނަސް ޑޭޓާ ލިބޭ އޮފާއެއް ފަށައިފި އެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނަށް އީދުގެ އުފާ ހިއްސާކޮށް ކުރުމަށް އެޕް މެދުވެރިކޮށް އުރީދޫ ޑޭޓާ ޕެކެއް ނެގުމުން 25 ޕަސަންޓު އިތުރަށް ޑޭޓާ ލިބޭނެ ކަމަށާއި އެ އޮފާ ކުރިޔަށް ދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަަށް ކަމަށެވެ.

"އުރީދޫ މޯލްޑިވްސްގެ ފަރާތުން އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުންނަށާއި، ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި އެކީ އީދުގެ އުފާ ހިއްސާ ކުރުުމުގައި، އުރީދޫގެ މި އީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން" ނޫރާ ވިދާޅުވި އެވެ.

އުރީދޫ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާ ކުރެވިފައިވާ ގިނަ ޑޭޓާ ޕެކްތަކެއް އެ ކުންފުނީގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން 550 އެމްބބީ އިން ފެށިގެން 200 ޖީބީ އާއި ހަމައަށް ލިބިގެންދާ މި ޑޭޓާ ޕެކްތަށް އުރީދޫގެ އެޕް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ލިބޭނެ އެވެ.