ދުނިޔެ

ޗައިނާގެ މަޝްރޫއާ ދެކޮޅަށް ލީ މައްސަލަ ލަންކާ ސުޕްރީމްކޯޓުން ބޭރުކޮށްފި

ސްރީލަންކާގެ ހަމްބަންޓޯޓާގައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީ ކުރަން ޗައިނާއަށް ބިން ކުއްޔަށް ދިނުން ހުއްޓުވަން އެދި އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ލީ މައްސަލަ އެ ކޯޓުން ބޭރު ކޮށްލައިފި އެވެ.

ލަންކާ ޕާލަމެންޓްގައި ސަރުކާރާ އިދިކޮޅު މެމްބަރެއް ކަމަށްވާ ވަސޫ ދޭވާ ނަނަޔައްކަރާ ހުށަހެޅުއްވި މައްސަލަ އިއްޔެ ބޭރުކޮށްލަމުން ސުޕްރީމް ކޯޓުން ބުނީ އެ މަޝްރޫއުގައި ގާނޫނީ މައްސަލައެއް ނެތް ކަމަށެވެ.

ލަންކާގެ ހަމްބަންޓޯޓާގައި ޗައިނާގެ ކުންފުންޏަކުން މިހާރުވެސް އަންނަނީ ބަނދަރެއް ތަރައްގީ ކުރަމުންނެވެ. އެ ބަނދަރާއި ކައިރީގައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީ ކުރަން 15000 އޭކަރުގެ ބިމެއް 99 އަހަރަށް ކުއްޔަށް ދިނުމަށް ލަންކާ ސަރުކާރުން ވަނީ ނިންމާފަ އެވެ. ޗައިނާ ސަކާރުން ކުރިއަށް ގެންދާ ބެލްޓް އެންޑް ރޯޑް ޕްރޮގްރާމްގެ ދަށުން ހިންގާ އެ މަޝްރޫއަށް ފަސް އަަހަރު ތެރޭގައި ހަ ބިލިޔަން ޑޮލަރު ހަރަދުކުރަން އެގައުމުން ވަނީ ހުށަހަޅާފައެވެ.

މަޝްރޫއާ ބެހޭ ގޮތުން ޗައިނާއާއި ލަންކާއިން ވާހަކަ ދައްކައި، އެއްބަަސްވުމުގައި ސޮއިކުރަން ތައްޔާރުވެފައި ވަނިކޮށް އެގައުމުގެ އިދިކޮޅު މީހުންނާއި ހާމުދުރުން އިސްނަގައިގެން އެކަމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެހެންވެ، އެ އެއްބަސްވުމުގައި ސޮއި ނުކުރެވި އޮންނަތާ މިހާރު ހައެއްކަ މަސް ވެއްޖެއެވެ. -- ސަންޑޭ ޓައިމްސް ސްރީލަންކާ