ބޭރު ކުޅިވަރު

ޓެރީ އެސްޓަން ވިލާއަށް ސޮއިކުރަނީ: ރިޕޯޓް

Jul 1, 2017

ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ އެސްޓަން ވިލާ އަށް ސޮއިކުރަން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ވިލާ އަށް ސޮއިކުރަން ނިންމާފައިވާކަން ޓެރީ ،36، ހޯދަން މަސައްކަތްކުރަމުންދާ އެހެން ކްލަބުތަކަށް އޭނާ އަންގާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ޓެރީ ޗެލްސީއާއެކު ހަދާފައިވާ ކޮންޓުރެކްޓް ހަމަވެފައި އޮތުމުން، ޓްރާންސްފާ ފީއަކާ ނުލައި އޭނާ އަށް އެހެން ކްލަބަށް ބަދަލުވެވޭނެ އެވެ.

ޗެލްސީގައި 22 އަހަރު ހޭދަކުރުމަށް ފަހު، އެ ކްލަބު ދޫކޮށްލަން ޓެރީ ނިންމީ އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގެ ދަށުން އޭނާ އަށް ލިބެމުންދާ ފުރުސަތުތައް މަދުވުމުންނެވެ.

ކުޅުން ހުއްޓާލަން ވިސްނި ނަމަވެސް، ޓެރީ ވަނީ އިނގިރޭސި ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން)ގައި މިހާރު ވާދަކުރަމުންދާ ވިލާ އެއް ސީޒަންގައި ކުޅެން ނިންމައިފަ އެވެ.

ޗެލްސީ އަށް 1998 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަންގެ ނިޔަލަށް ކުޅުނު ޓެރީ އަކީ އެ ކްލަބުގެ ލެޖެންޑެކެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން ޓެރީ ގެންދަން ޝައުގުވެރިވި ނަމަވެސް، އެނާ ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވީ ޗެލްސީއާ އިދިކޮޅަށް ޕްރިމިއާ ލީގުގައި ކުޅެން ބޭނުންނުވާތީ ކަމަށް ރިޕޯޓްތަކުން ބުނެ އެެވެ.

ޓެރީ އަކީ ޗެލްސީގެ ތާރީހުގައި އެންމެ ކާމިޔާބު ކެޕްޓަނެވެ. ޓެރީ ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ފަސް ފަހަރު، އެފްއޭ ކަޕް ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.