ހަބަރު

މެންބަރު ސައުދު އޭސީސީ އަށް ހާޒިރު ކޮށްފި

ގއ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރު ކޮށްފި އެވެ.

ސައުދު ހުސެއިން އަށް އޭސީސީން ފޮނުވި ޗިޓްގައި ބުނެފައިވަނީ އެ އިދާރާއިން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މިއަދު މެންދުރު 11:17 އަށް އެ ކޮމިޝަނަށް ހާޒިރު ވުމަށެވެ. ނަމަވެސް ސައުދު އޭސީސީ އަށް ހާޒިރު ކޮށްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

އެކަމާއި ގުޅިގެން އެމްޕީ ސައުދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ސައުދު އަށް ކުރަނީ ސިޔާސީ ތުހުމަތެއް ކަމަށާއި އޭނާގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ދާދި ފަހުން އިދިކޮޅު ފަރާތްތަކާއި ގުޅުނު ސައުދު، ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތަގައި ފުލުހަށް ހާޒިރު ކޮށް ސުވާލުވެސް ކޮށްފައިވެ އެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.