ވިޔަފާރި

ޗައިނާ މީހުންގެ މެދުގައި އެންމެ މަގުބޫލީ އަދިވެސް ރާއްޖެ

މަތީ ފަންތީގެ ޗައިނާ ޓޫރިސްޓުންގެ މެދުގައި އަދިވެސް އެންމެ މަގުބޫލީ ރާއްޖެ ކަމަށް އެ ގައުމުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ޗައިނާ ކުންފުންޏެއް ކަމަށްވާ ހުރޫން ރިޕޯޓުން ކޮށްފައިވާ ދިރާސާއެއް ދައްކާ ގޮތުގައި މަތީ ފަންތީގެ ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އުޅެނީ އަދިވެސް މަތީގަ އެވެ.

މިސާވޭގައި ރާއްޖެއާ ވާދަކޮށްފައިވަނީ ތައިލެންޑުގެ ޕުކެޓާއި ފިޖީ އަދި އިންޑޮނޭޝިޔާގެ ބާލީގެ އިތުރުން ހަވާއީ އާއި މެލޭޝިޔާ އެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ޗައިނީސް ޓޫރިސްޓުން ޒިޔާރަތް ކުރެ އެވެ. މިގޮތުން މި އަހަރު އެ ގައުމުން 324،326 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިއީ 9.8 ޕަސެންޓުގެ ދަށްވުމެކެވެ.