ވިޔަފާރި

ކުޑަ ޑައުންޕޭމަންޓަކުން އިންޖީނު ގަނެވޭ ސްކީމެއް އެމްޓީސީސީން ތައާރަފުކޮށްފި

Apr 13, 2015

ޑައުންޓްޕޭމަންޓުގެ ގޮތުގައި ފުރަތަމަ ކުޑަ އަދަދެއް ދައްކައިގެން އިންޖީނު ގަނެވޭ ސްކީމެއް އެމްޓީސީސީން ތައާރަފުކޮށްފި އެވެ.

ޔަމަހާ އައުޓްބޯޑް އަދި އިންބޯޑް އިންޖީނު ވިއްކާތާ 40 އަހަރުވެފައިވާ އެމްޑީސީސީން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ ކުރިން އިންޖީނެއް ގަންނަން 50 ޕަސެންޓުގެ ޑައުންޕޭމަންޓެއް ދައްކަން ޖެހުނު ނަމަވެސް އަލަށް ތައާރަފުކުރާ އިސްލާމިކް ފައިނޭންޝަލް ސްކީމް މެދުވެރިކޮށް 20 ޕަސެންޓުގެ ކުޑަ ޑައުންޕޭމަންޓެއް ދައްކާލައިގެން އިންޖީނު ގަނެވޭނެ ކަމަށެވެ. އަދި އިންޖީނަށް ފައިސާ ދެއްކުމަށް ތިން އަހަރު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޮޑިވެރިންނަށް ހައްލު ޔަގީން" ގެ ނަމުގައި އެމްޓީސީސީން ވަނީ ޔަންމާ އިންޖީނުގެ މަރާމާތު ކުރުމަށް ހާއްސަ ތަމްރީނު ލިބިފައިވާ އިންޖީނިއަރުން އުފެއްދުމުގެ ޕްރޮގްރާމެއް ވެސް ފަށާފަ އެވެ. އަދި ހާއްސަ އިނާޔަތްތަކަކާއިއެކު އެމްޓީސީސީގެ އެޖެންޓުން ކަނޑައެޅުމުގެ ޕްރޮގްރާމެއް ވެސް ފަށާފަ އެވެ.