ހަބަރު

އެމްޕީ ސިނާން ވެސް ޕީޕީއެމް އިން ވަކިވެވަޑައިގެންފި

Jul 10, 2017
2

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ޕީޕީއެމް އިން މިއަދު ވަކިވެ ވަޑައިގެންފި އެވެ. އޭނާ އެ ޕާޓީ އިން އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ވަނީ އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް މިއަދު ފޮނުއްވައިފަ އެވެ.

ސިނާނަކީ ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ މެޑަމް ފާތިމަތު އިބްރާހިމްއާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަަލައިގައި ޕީޕީއެމް އިން ސޮއި ކުރެއްވި 10 މެންބަރުންގެ ތެރޭގައި ސިނާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސިނާން މިއަދު ވިދާޅުވީ އޭނާ ޕީޕީއެމް ދޫކޮށްލެއްވީ މިވަގުތު އެއްވެސް ޕާޓީގައި ހުންނަވައިގެން ހިދުމަތް ކުރެއްވުމަށް ބޭނުންފުޅުވެ ވަޑައި ނުގަންނަވާތީ ކަމަށެވެ.

ސިނާން މިއަދު ޕާޓީން ވަކިވެ ވަޑައިގެންނެވި އިރު ޕާޓީން ވަކިވެއްޖެ ނަމަ އަދި ޕާޓީގެ ވިޕްލައިނާ ހިލާފުވެއްޖެ ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހަޅާއި މިއަދު ބަލަން ނިންމާފައިވާ ވެއެވެ.