ރާއްޖެ ކުޅިވަރު

ނިއު އަށް ސްޕެއިންގެ މިޑްފީލްޑަރެއް

Jul 14, 2017

ނިއު ރޭޑިއަންޓަށް ކުޅެމުންދިޔަ ނެދަލޭންޑްސްގެ މިޑްފީލްޑަރު ޖަމާލް ލީލްފެންގް ފޮނުވާލުމަށް ފަހު، އޭނާގެ ބަދަލުގައި ސްޕެއިންގެ މިޑްފީލްޑަރެއް ގެނެސްފި އެވެ.

ނިއު އިން ބުނީ މި ސީޒަން ފެށުނީންސުރެ އެ ޓީމުގެ މެދުތެރެ ބަލަހައްޓަމުންދިޔަ ޖަމާލް ފޮނުވާލަން ނިންމީ އަމިއްލަ ސަބަބަކާ ހެދި އެނބުރި ގައުމަށް ދާން އޭނާ އެދުމުން ކަމަށެވެ.

ޖަމާލްގެ ބަދަލުގައި ނިއު އިން ހޯދާފައިވަނީ ސްޕެއިންގެ މިޑްފީލްޑަރެއް ކަމަށްވާ އަންހެލް ލުއިޒް ރުއިޒް ޕަޒް ނުވަތަ އާންމުނަމުން ނަމަ "ކަންޑެލާ" އެވެ.

ކަންްޑެލާ ،30، ވަނީ ކުރިން ސްޕެއިންގެ ފުރަތަމަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ސެލްޓަ ވީގޯ އާއި އެ ގައުމުގެ ދެވަނަ ޑިވިޝަންގެ ކްލަބުތަކާއި އޮސްޓްރިއާގެ ތިން ވަނަ ޑިވިޝަންގެ ކްލަބަކަށް ކުޅެފަ އެވެ.

އެސްޓީއޯ މާލޭ ލީގުގެ ފަހު މެޗުގައި ބުދަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނިއު ކުޅޭ މެޗުގައި ކަންޑެލާ އަށް ކުޅެވޭނެ އެވެ.

ނިއުއާ ގުޅިފައިވާ ލުބުނާންގެ ޑިފެންޑަރާއި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގް
(ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަށް މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެ އެވެ.