ހަބަރު

ޖިންސީ ފުރައްސާރައާ ގޯނާ ހުއްޓުވުމުގެ ކޮމެޓީތައް ހަދަން އަންގައިފި

Jul 15, 2017

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީ" އުފައްދަން އެ ގާނޫނު ލާޒިމުކުރާ ފަރާތްތަކުން ކޮމެޓީ އުފައްދައި، އެ މައުލޫމާތު ލިޔުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން އަންގައިފި އެވެ.

ޓްރައިބިއުނަލް އިން ބުނީ އެ މަލޫމާތު ހުށަހަޅާއިރު އެ އިދާރާއެއްގެ ނަމާއި، ކޮމެޓީ އުފެއްދި ތާރީހާއި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ މައުލޫމާތު، ޗެއާ ޕާސަން ވެސް އެނގޭ ގޮތަށް ހިމަނަން ޖެހޭނެ ކަމަށެވެ.

އަދި ކޮމެޓީ އުފައްދައި ޓްރައިބިއުނަލަށް މައުލޫމާތު ހުށަހަޅާފައިވާ އިދާރާތަކުގެ ތެރެއިން، އެ އިދާރާއެއްގެ ކޮމިޓީއަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެކަން ވެސް ހުށަހަޅަން ޖެހޭނެ ކަމަށެެވެ.

ގާނޫނު ބަޔާން ކުރާ އެ ކޮމެޓީތައް އޮފީސްތަކުގެ ތެރެއިން މިހާތަނަށް އުފައްދާފައި ވަނީ ވަރަށް މަދު ފަރާތްތަކަކުން ކަމަށް ވެއެވެ.