ލިބިދާނެ ގެއްލުމަކަށް ނުބަލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ރައްޔިތުންނަށް މެޖޯރިޓީ ހޯދައިދީފައިވާ ކަމަށާއި ރައްޔިތުން އެ މެންބަރުން މާޔޫސްކޮށް ކޮށް ނުލުމަށާއި އެހެން ހަދައިފިނަމަ ކުލަ ބަދަލު ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވެއްޖެ އެވެ.
އޭނާ އިޝާރާތްކޮށްފައި ވަނީ ސުޕްރީމް ކޯޓްގެ ހުކުމާ ގުޅިގެން މަޖިލީހުގެ ގޮނޑި ގެއްލިދާނެ ކަމަށް ބެލެވިފައިވާ މެންބަރުންނަށް ފަހު އަންނަ ބައި އިލެކްޝަންތަކަށް އިޝާރާތް ކުރައްވަ އެވެ.
މުސްތޮފާ ވިދާޅުވީ ރިސްކަށް ނުބަލައި ރައްޔިތުންނަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިދީފައިވާ ކަމަށާއި ރައްޔިތުން އެ މެންބަރުން މާޔޫސް ކޮށް ނުލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ މެޖޯރިޓީ ހޯދައި ދިން އިރު ރައްޔިތުން ކޮބައިތޯ އާއި އެ ބޭފުޅުންގެ ފަހަތުން ނުކުންނާނީ
ކޮން އިރަކުތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.
މީގެ އިތުރުން ގޮނޑި ގެއްލުމުގެ މައްސަލާގައި އިދިކޮޅު ލީޑަރު އަމަލީ ޖަވާބެއް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް އިތުބާރު ނެތް ކަމަށް ބުނެ 45 މެންބަރަކު ސޮއިކޮށް މައްސަލައެއް ވައްދާފައިވާއިރު އެކަމާ ގުޅިގެން ދައުލަތުން އުފެއްދި ދުސްތޫރީ މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން އާއިރު ބައެއް މެންބަރުންގެ ގޮނޑި ގެއްލުމުގެ ބިރާ ވަނީ ކުރިމަތި ވެފައެވެ. އެކަމާ ގުޅުވައި މުސްތޮފާ މިވާހަކަ ދެެއްކެވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ގޮނޑި ގެއްލޭ މެންބަރުން ކަންބޮޑުވެ ވަޑައި ނުގަތުމަށާއި އެ މެންބަރުންނަށް ގޮނޑި ހޯއްދަވައި ދެއްވާނެ ކަމަށެވެ.