ހަބަރު

ކޮއްކޮ ހައްޔަރު ކުރުމުން ދައްތައަށް އަސަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމުން އޭނާގެ ދައްތަ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް އަސަރުކޮށްފި އެވެ.

ފާރިސް ހައްޔަރު ކޮށްފައިވާއިރު އެކަމަނާ ވަނީ ކޮއްކޮ ހައްޔަރުކޮށްފައިވާތީ ކޮއްކޮ އަށާއި، އޭނާގެ އާއިލާއަށް ޓްވިޓާ މެދުވެރިކޮށް ހިތްވަރު ދެއްވައި ދުއާ ކުރައްވާފަ އެވެ. މީގެ އިތުރުން އެކަމަނާ ވަނީ ލޭގެ ގުޅުމުގެ މުހިންމުކަން ރަމްޒުކޮށް ދެއްވާ މާނަ ފުން މެސެޖެއް ދޫކޮށްލައްވާފަ އެވެ. އެ މެސެޖްގައި ވިދާޅުވަނ "ފެނަށް ވުރެ ލޭ ތުނި ވާނެ" ކަމަށެވެ.

ދުންޔާ އާއި ފާރިސް އަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ ދެ ބޭފުޅުންނެވެ. މީގެ ކުރިން ދުންޔާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވާ ދުވަސްތަކެއް ވަންދެން ސަރުކާރާ ދުރުގައި ހުންނަވާފަ އެވެ. ނަމަވެސް އޭގެ ފަހުން އެކަމަނާ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމަށް ވަޑައިގެންނެވީ "ގައުމަށް ހިދުމަތް ކުރައްވަން ބޭނުންވާ" ކަމަށް ވިދާޅުވެ އެވެ.

ފާރިސް ހައްޔަރުކޮށްފައިވާ އިރު އޭނާގެ އެންމެ ކޮއްކޮ ޣައްސާނު މައުމޫން އަދިވެސް ހުންނެވީ ސަރުކާރުގަ އެވެ. ފާރިސް ހައްުޔަރުކޮށްފައި ވަނީ ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި މިއަދު ހެނދުނު އެވެ. އޭނާ ހައްޔަރު ކުރި އިރު އިތުރު މައްސަލައެއްގައި ވަނީ ދައުވާ އުފުލާފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގެ ބޭފުޅުންގެ ތެރެއިން ދުންޔާ އާއި ޔުމްނާއަކީ އެއްމާބަނޑު ދެބެންނެވެ. އެ ދެބެންގެ ހަގަށް ތިއްބަވަނީ ފާރިސް އާއި ޣައްސާނެވެ.