ހަބަރު

މެންބަރުން މާލެ ވަޑައިގަތުމަށް ނިހާން އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އެ މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަށް ލަސް ނުވެ ޕީޕީއެމަށް ނިސްބަތް ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މާލެ ވަޑައިގެންނެވުމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހުމަދު ނިހާނު އެދި ވަޑައިގެންފި އެވެ.

އާންމުކޮށް ޕީޕީއެމްގެ ގިނަ ހަބަރުތައް އާންމުވާ އެ ޕާޓީގެ ޕީޖީ ވައިބަ ގްރޫޕްގައި ޕީޖީ ލީޑަރު ނިހާނު ވިދާޅުވީ މި މަހުގެ 24 ވާ ހޯމަ ދުވަހުގެ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތަށް މަޖިލިސް މެމްބަރުން އެންމެ ލަސްވެގެން ބުރާސްފަތި ދުވަހު މާލެ ވަޑައި ގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ. -- މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަމަށް ބައެއް މެންބަރުން ވިދާޅުވެ އެވެ. ނަމަވެސް މަޖިލީހުން އަދި އެޖެންޑާއެއް ނުނެރެ އެވެ.

މެންބަރުން މާލެ ވަޑައިގެންނެވުމަށް ނިހާން އެދި ވަޑައިގެންނެވި އިރު އެ މައްސަލަ ވައްދާފައި ވަނީ ޕީޕީއެމަށް ނިސްބަތްވާ 10 މެންބަރަކުވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް 45 މެމްބަރުންގެ ސޮޔާއެކު އެވެ.