ވިޔަފާރި

ފްރާންސުގެ އެންމެ މަގުބޫލު ފުޓުބޯޅަ ކްލަބުގެ ކުޅުންތެރިންނާ ބައްދަލު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި

Apr 14, 2015

ފަރަންސޭވި ވިލާތުގެ އެންމެ މަގުބޫލު އެއް ފުޓުބޯޅަ ކްލަބް ކަމަށްވާ "ޕެރިސް ސެއިންޓްޖަމައިން" ގެ ކުޅުންތެރިންނާ ބައްދަލު ކުރުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފި އެވެ.

އުރީދޫގެ މައި ކުންފުނިން މުޅި ދުނިޔޭގައި މިއަދު ފެށި "ފޭންސް ޑޫ ވޮންޑާސް" ކެމްޕޭނުގެ ދަށުން ޕެރިސް ސެއިންޓްޖަމައިންގެ (ޕީއެސްޖީ) އެންމެ މަގުބޫލު ފަސް ކުޅުންތެރިންކަމަށްވާ ފޯވާޑު ޒްލަޓާން އިބްރަހިމޮވިޗް، ޑިފެންޑަރުން ކަމަށްވާ ތިއާގޯ ސިލްވާ، ޑޭވިޑް ލުވިޒް އަދި މިޑްފީލްޑަރުންކަމަށްވާ ބްލޭސް މަޓުއިޑީ އަދި ލޫކަސް މޯރާ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ޒުވާން ފޭނުންނަށް އެޓީމުގެ ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްއިން އުރީދޫގެ ހަލުވި ނެޓްވޯކުތަކާއި އިންޓަނެޓްގެ ބާރުގައި ގުޅާލާނެ އެވެ.

އުރީދޫ ގްރޫޕްގެ ސީއީއޯ ޑރ.ނާސިރު މަރާފިހް ވިދާޅުވީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފޭނުންނަށް ގުޅުވައިދޭ މިކެމްޕޭން ވެގެންދާނީ މިހާތަނަން އަޅުގަނޑުމެން ކުރިއަށްގެންދާ އެންމެ ފާހަގަކޮށްލެވޭ ކެމްޕޭނަށް ކަމަށެވެ.

"ޕެރިސް ސެއިންޓްޖަމައިންއަކީ މިހާރު އެންމެ މޮޅު އެއް ޓީމު އަދި ޕީއެސްޖީއާއިއެކު މަސައްކަތް ކުރުމަކީ އުރީދޫއަށް ޓެކްނޮލޮޖީ މެދުވެރިކޮށް މީހުންގެ ދިރިއުޅުން ފުރިހަމަ ކުރުމުގެ މެސެޖު ހިއްސާ ކުރެވޭނެ. އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އެކިކަންކޮޅުތަކުގައި އުޅޭ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްސައިލަށް ސަޕޯޓުކުރަން. އަދި މިކެމްޕޭނަކީ އަޅުގަނޑުމެންގެ ބޮޑު އަދި ހަލުވި ނެޓްވޯކުތައް ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް،" މަރާފިހް ވިދާޅުވި އެވެ.

"ފޭންސް ޑޫ ވޮންޑާސް" ޑިޒައިން ކުރެވިފައިވަނީ އުރީދޫގެ "ސިޕްލީ ޑޫ ވޮންޑާސް" އަށް ލިބުނު ފަދަ ރަނގަޅު ތަރުޙީބެއް ހޯދުމަށެވެ. މި ކެމްޕޭންވަނީ މެދުއިރުމަތި އަދި އުތުރު އެފްރިކާގައި 11 މިލިއަން މީހުން ބަލާފަ އެވެ. މި ކެމްޕޭނުގެ ދަށުން މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީއާ ބައްދަލު ކުރުމުގެ ފުރުސަތު ދީފައިވެ އެވެ. މި ފުރުސަތު ދިވެހި ކުއްޖަކަށްވެސް ލިބިފައިވެ އެވެ. 

">