ބޮލީވުޑް

"ހެޕީ ނިއު އިޔާ"ގެ ސީކުއެލް އަބީޝެކް ލިޔަނީ

Apr 15, 2015

ވޭތުވެ ދިޔަ އަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން، އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޑައިރެކްޓަރު ފަރާ ޚާންގެ "ހެޕީ ނިއު އިޔާ"ގެ ސީކުއެލް ލިޔުމުގެ ޒިންމާ އެފިލްމުގައި ހަރަކާތްތެރިވި ބޮލީވުޑްގެ ބަތަލް އަބީޝެކް ބައްޗަން ނަގާފައިވާކަމަށް ފާރާ ބުނެފި އެވެ.

“މާގަރީޓާ ވިތް އަ ސްޓްރޯ"ގެ ހާއްސަ ސްކްރީނިންއަށް ފަހު މީޑިއާ އާއި ވާހަކަދައްކަމުން ފަރާ ބުނީ "ހެޕީ ނިއު އިޔާ"ގެ ކާމިޔާބީއަށް ފަހު އެފިލްމުގެ ހާއްސަ ރޯލަކުން ފެނިގެން ގޮސްފައިވާ އަބީޝެކް މިފިލްމުގެ ސީކުއެލް އެއް ހެދުމަށް އޭނާކުރެން އެދެމުން އަންނަ ކަމަށެވެ.

ފަރާ އިތުރަށް ބުނީ އަބީޝެކް މިފިލްމުގެ ސީކުއެލް އެއް ހެދުމަށް އެދެމުންދާތީ އެއަށް ސްކްރިޕްޓް ލިޔުމުގެ ޒިންމާ މިހާރު އޭނާއާއި ހަވާލުކުރެވިފައިވާނެ ކަމަށެވެ.

“އަހަންނަށް ސްކްރިޕްޓް ކަމުގޮސްފިއްޔާ ހެޕީ ނިއު އިޔާގެ ސީކުއަލް އެއް ހަދާނަން" ފާރާ ބުންޏެވެ.

މީގެއިތުރުން މިފިލްމެ ސީކުއެލް އެއް ހަދާނަމަ ފަރާގެ ރޯލަކަށް ވެގެންދާނީ ކޮބައިތޯ އެހުމުން ބުނީ އެފިލްމުވެސް ޑައިރެކްޓް ކުރާނީ އޭނާ ކަމަށެވެ.

މިދިޔަ އަހަރުގެ ދިވާލީއާއި ދިމާކޮށް ރިލީޒްކުރި މިފިލްމުގައި ދިޕިކާ ޕަދުކޯން އާއި ޝާހްރުކް ޚާންގެ އިތުރުން އަބީޝެކް ބައްޗަން އާއި ސޯނޫ ސޫދު އަދި ބަމަން އިރާނީ މުހިންމު ރޯލުތަކުން ވަނީ ފެނިގެންގޮސްފަ އެވެ.