ކުޅިވަރު

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކުލަބަށް

Jul 23, 2017

ފައިނަލުގައި، މިސްކިތް މަގު އެންމެންގެ ގުޅުމުގެ މައްޗަށް 4-1 ސެޓުން ކާމިޔާބު ހޯދައި، ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި އެވެ.

ފުރަތަމަ ސެމީ ފައިނަލު މެޗުގައި، ޕޮލިސް ކުލަބު ވަނީ މިސްކިތްމަގު، އަތުން ބަލިވެފަ އެވެ. ފުވައްމުލަކުގައި ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލު މެޗުގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއެކު ޕޮލިސް ކުލަބު ކާމިޔާބު ކުރީ 25-16 އިން ނެވެ، ވާދަވެރިކޮށް ދިޔަ ދެ ވަނަ ސެޓް ފުލުހުން ކާމިޔާބު ކުރީ 25-23 ން ނެވެ. ތިން ވަނަ ސެޓް މިސްކިތް މަގު އެންމެންގެ ގުޅުމުން ކާމިޔާބު ކުރީ 25-20 ން ނެވެ. ޖެހިގެން އައި ސެޓް ޕޮލިސް ކާމިޔާބު ކުރީ 25-19 އިން ނެވެ.

ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ޕޮލިސްގެ މަރްޔަމް އަޒީފާ އެވެ. މުބާރާތުގެ ތިން ވަނަ ޓީމަކީ ފްނާޑް ފްރެންޑްސް ކުލަބެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތްމަގުގެ އާމިނަތު އަރީޝް އެވެ. އެކާވިސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެފްސީ ޝާނިޔާ އަހްމަދު ނިޒާމު އެވެ.

މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކާ އަކަށް ހޮވިފައި ވަނީ، ޕޮލިސްގެ ހައްވާ ރާޝިދާ އެވެ. ދެ ވަނަ އަށް އެންމެ މޮޅު އައުޓްސައިޑް އެޓޭކާ އަކަށް ހޮވުނީ އަޒިފާ އެވެ. ތިން ވަނަ އަށް އެންމެ މޮޅު އައުޓްޑްސައިޑް އެޓޭކާއަކަށް ހޮވުނީ މިސްކިތްމަގުގެ އައިޝަތު މާޖިދާ އެވެ.

އެންމެ މޮޅު މިޑްލް ޕްލޭއާ އަކަށް ހޮވުނީ މިސްކިތް މަގުގެ ހައްވާ ސަހާ އެވެ. ދެ ވަނަ އަށް އެންމެ މޮޅު މިޑްލް ޕްލޭއާއަކަށް ހޮވުނީ، ޕޮލިސްގެ ހަމްނާ ހުސައިން އަލީ އެވެ. އެންމެ މޮޅު ސެޓަރަކަށް ހޮވުނީ ޕޮލިސްގެ ޖޫޒާން ޒަރީރު އެވެ. އެންމެ މޮޅު ލިބަރޯ ކުޅުންތެރިޔާއަކަށް ހޮވިފައި ވަނީ މިސްކިތްމަގުގެ މަރްޔަމް ހަލީމް އެވެ.