ވިޔަފާރި

ހައިޑްވޭ ބީޗް ރިސޯޓަށް ލަގްޒަރީ ސީޕްލޭންގެ ދަތުރުތައް ފަށައިފި

Apr 15, 2015

ދޮނަކުޅީގައި ތަރައްގީކޮށްފައިވާ "ހައިޑަވޭ ބީޗް ރިސޯޓް އެންޑް ސްޕާ" ރިސޯޓަށް ލަގްޒަރީ ސީޕްލޭން ދަތުރުތައް މިއަދު ފަށައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުގައި ވާ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓް ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ދޮނަކުޅި އިންވެސްޓްމަންޓާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ދޮނަކުޅި ރިސޯޓަށް ވަނީ ލަގްޒަރީ ސީޕްލޭންގެ ދަތުރުތައް ފެށިފަ އެވެ. އަދި މި ދަތުރުތަކުގެ ސަބަބުން އެ ރިސޯޓަށް ޒިޔާރަތް ކުރާ ޓޫރިސްޓުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ރިސޯޓުން ބުނެ އެވެ.

ހައިޑްވޭ ބީޗް ރިސޯޓަށް ފެށި ސީޕްލޭން މި ދަތުރުތަކުގައި ދުވާލަކު ތިން ފްލައިޓު އެ ރިސޯޓަށް ބާއްވާނެ އެވެ.