ކުޅިވަރު

އީގަލްސްގެ ކުޅުންތެރިން ލޯން އުސޫލުން ޓީމު ދޫކޮށްލަނީ

Jul 24, 2017

މާލޭ ލީގް ކޮލިފިކޭޝަން މުބާރާތް ނުބާއްވާ ގޮތަށް އެފްއޭއެމުން ނިންމުމުން، ކުލަބު އީގަލްސްގެ ކުޅުންތެރިން ލޯން އެއްބަސްވުމުގެ ދަށުން އެހެން ޓީމުތަކަށް ދިއުމުގެ ހުއްދަ އެ ޓީމުން ދީފި އެވެ.

ކޮލިފައިން، މުބާރާތް ނުބާއްވާ ގޮތަށް، އެފްއޭއުން ނިންމީ، އެ މުބާރާތުގައި ވާދަ ކުރުމަށް ހަމަޖެހިފައި އޮތް ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޒެފްރޯލް އާއި ރަނަރަފު ކުޑަހެންވޭރު ޔުނައިޓަޑްގެ މާލީ ހާލަތު ދަށް ކަމަށް ބުނެ އެ ދެ ޓީމު މުބާރާތުން ވަކިވާން ހުށަހެޅުމުން ނެވެ.

ކޮލިފިކޭޝަން މުބާރާތުގައި ވާދަ ކުރާނީ، މާލޭ ލީގް ގަދަ ހަތަރަކުން ފުރުސަތު ނުލިބުނު، ހަތަރު ޓީމެވެ. އެއީ އީގަލްސްގެ އިތުރުން ވިކްޓަރީ އާއި ވެލެންސިއާ އާއި ޔުނައިޓަޑް ވިކްޓާރީ އެވެ. މުބާރާތް ނުބާއްވާތީ އެ ހަތަރު ޓީމަށްވެސް ވަނީ އަންނަ އަހަރު މާލޭ ލީގުން ފުރުސަތު ލިބިފަ އެވެ.

"އަޅުގަނޑުމެންނަށް ނެތް ކުޅުންތެރިންނަށް ހިފެހެއްޓެނެ ގޮތެއް، ގައުމީ ޓީމުން ޖާގަ ހޯދަން ކުޅުންތެރިން ބޭނުން، އެހެންވެ އެ ކުޅުންތެރިން ލޯން އެއްބަސްވުމުގެ ދަށުން އެހެން ކުލަބަތަކަށް ދާން އަޅުގަނޑުމެން ވާނީ ހުއްދަ ދީފަ." އީގަލްސްގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝާކިރު (ޝާކިއްޓޭ) ބުންޏެވެ.

އޭނާ ބުނީ، އޮކްޓޫބަރު މަހު ފަހު ކޮޅާ އޮންނަ އެފްއޭ ކަޕާ މެދު، އެ ޓީމުން އެހެން ގޮތެއް ވިސްނާނެ ކަމަށެވެ.