ހަބަރު

ވަޅިން ހަމަލާދިނުމުން ޒަހަމްވި ޒުވާނާ އޭޑީކޭގެ އައިސީޔޫގައި

Jul 27, 2017
7

ގުރޫޕަކުން ހަމަލާދީ ޒަހަމްކޮށްލުމުގެ ސަބަބުން ހާލު ސީރިއަސްވި ޒުވާނާ އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިިފި އެވެ. އޭނާގެ ހާލު ސީރިއަސްވެފައިވާއިރު ސިކުޑީގެ މަސައްކަތް ހުއްޓިފައިވާކަމަށް ވެއެވެ.

އޭނާއަށް ހަމަލާދީ ޒަހަމްކޮށްލީ ހެންވޭރު، ކެފޭއެއްގެ ތެރޭގައި ބަޔަކާއިއެކު ކޮޕީއެއް ބޯން އިންދާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އެވެ. އޭނާގެ ބޮލަށްވެސް ވަޅިޖަހާފައިވެ އެވެ. އޭނާއަށް ހަމަލާ ދިނީ މިއަދު ހަވީރު 6:30 އެހާކަންއިރު އެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އެ ޒުވާނާއަށް ހަމަލާ ދިނީ ހަތަރު މީހަކުވެގެނެވެ. ހަމަލާ ދިނުމަށްފަހު އެ މީހުން ވަނީ ފިލާފައެވެ.