ހަބަރު

ދެކެން ބޭނުންވަނީ ހަމަޖެހުން އޮތް ސުލްހަވެރި ރާއްޖެއެއް: އިންޑިއާ

ރާއްޖެއަކީ އިންޑިއާއަށް ވަރަށް މުހިއްމު އަވަށްޓެރިއެއް ކަމަށާއި ރާއްޖޭގައި ހަމަޖެހުން އޮތުމަށް އެދޭ ކަމަށް އެގައުމުން ބުނެފިއެވެ.

ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތަކާ މެދު އިންޑިއާ ލައްވާ ބަހެއް ބުނުވަަން މީޑިއާތަކާއި ބަައެއް ސިޔާސީ ފަަރާތްތަކުން ކުރި މަސައްކަތްތަކަށް ފަހު އެގައުމުން މިމައްސަލައިގައި އިއްޔެގައި ވާހަކަ ދެއްކި އިރު ، ވާހަކަަ ދައްކާގައި ވަނީ ވަރަށް ފަރުވާތެރި ކަމާ އެކުގައެވެ. އެގޮތުން ރާއްޖޭގައި މިހާރު އޮތް ނުތަނަވަސްކަން ވަކި ފަރާތެއްގެ ބޮލުގައި އެޅުވުމަށް ވާހަކަ ދައްކާފައި ނުވާ އިރު ވަކި ބަޔަކަށް ތާއީދުވެސް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބުނެފައި ވަނީ " ރައްޔިތުންގެ ފޮނި އުސްމީދުތައް ހާސިލުވާ ފަދަ، ހަމަޖެހުމާއި ސުލްހަ ގާއިމްވެފައި އޮތް ތަނެއްގެ ގޮތުގައި ރާއްޖެ ދެކެން ބޭނުންވާ ކަމަށެވެ.

" ދިވެހިރާއްޖެއަކީ އަހަރެމެންގެ ވަރަށް މުހިއްމު އަވަށްޓެރިއެއް. އެއީ ސާކްގެ ބައިވެރިއެއް. އިންްޑިއާއިން އުއްމީދުކުރަނީ ހަމަޖެހުން އޮތް، ކުރިއަރަމުން އަންނަ ސުލްހަވެރި ދިވެހިރާއްޖެއެއް ދުށުމަށް،" އިންްޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ގޯޕާލް ބަގަލޭ ބުރާސްފަތިދުވަހު ވިދާޅުވި ކަމަށް ދަ އިކޮނޮމިކް ޓައިމްސް ނޫހުން ބުންޏެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ ހަމަޖެހުމާއި ތަރަައްގީއަށް ހިފެހެއްޓުމެއް ނެތި އެހީދޭން އިންޑިއާ ތައްޔާރަށް އޮތް ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ރާއްޖޭގައި ހުންނަަވައިގެން އިންޑިއާއަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ބަގަލޭ ވަނީ ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވެގައި ވަނީ ސާކް ސަމިޓް ލަސްކުރަން ޖެހުނީ ސަރަހައްދުގެ ވަކި ގައުމަކުން އުފަންވާ ޓެރަރިޒަމްގެ ސަބަބުން ކަމަށެވެ.