ވިޔަފާރި

ރާއްޖެ އަންނަ ތަރިންގެ ޝައުގުވެރިކަން ފިއޯނާގެ ޗޮކްލެޓަށް!

Apr 16, 2015

"މި ޗޮކްލެޓް ސޮނޭވާ ފުށިން ލިބޭ ގޮތް ހެދީ ކުންފުނީގެ ވެރިޔާގެ ދައުވަތެއް ލިބިގެން،" ފިއޯނާ ކިޔައިދިނެވެ.

ގުދުރަތީ ރަހަތައް ހިމައިގެން ޗޮކްލެޓުގެ އުފެއްދުމަށް ދުނިޔެ އަށް މަޝްހޫރު ފިއޯނާއަކީ މި ރޮނގުން މަޝްހޫރު ހުނަރުވެރި އެވެ. ސޮނޭވާ ފުށީގައި މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ މި މީރު ޗޮކްލެޓު ތައްޔާރު ކުރާނެ ގޮތް މި ރިސޯޓުގެ ކައްކާއިން ނަށް ދަސްކޮށްދިނުމަށެވެ. ފިއޯނާގެ ނަމުން ނަން ދީފައިވާ މި ޗޮކްލެޓު ރާއްޖޭން ލިބޭ ގޮތް ހެދުމާ އެކު އޭނާއަށް ވަނީ އިތުރު ދޮރުތަކެއް ވެސް ހުޅުވިފަ އެވެ. އޭނާއަށް މިހާރު ވަނީ ތައިލެންޑުގައި ސޮނޭވާ ގްރޫޕުން ހިންގަމުން އަންނަ ރިސޯޓުގައި ވެސް މި ޗޮކްލެޓު ތައްޔާރުކުރާނެ ގޮތް ދަސްކޮށްދިނުމުގެ ފުރުސަތު ލިބިފަ އެވެ.

އިނގިރޭސިވިލާތުގެ ބައެއް ހިސާބުތަކުގައި ލިބެން ހުރި މި ޗޮކްލެޓު ތައްޔާރު ކުރާ ފިއޯނާ ވަނީ ރާއްޖެއަށް ހާއްސަ ޗޮކްލެޓެއް ވެސް ތައްޔާރުކޮށްފަ އެވެ. ކުކުޅު ބިހެއް ގޮތަށް ފަރުމާކޮށްފައިވާ މި ޗޮކްލެޓަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ.